ގުރޫޕަކުން ފުލުހަކަށް ހަމަލާ ދީފި، ހަތަރު މީހަކު ހައްޔަރު

ގުރޫޕަކުން ފުލުހަކަށް ހަމަލާދިނީ ހުޅުމާލޭގައެވެ. އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލް: ފުލުހަކަށް ވަނީ ހަމަލާދީފައި

ފުލުހަކަށް ހަމަލާދީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކޮށްފި އެވެ.

ގުރޫޕަކުން ފުލުހަކަށް ހަމަލާދިނީ ހުޅުމާލޭގައެވެ. އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

އަދި އަނިޔާވި ފުލުހަށް ދަނީ ފަރުވާ ދެމުންނެވެ. އޭނާއަށް ހަމަލާ ދިން ސަބަބެއް އަދި ލިބުނު ގެއްލުމުގެ ތަފްސީލެއް ނުދެއެވެ.

މިރޭގެ ހާދިސާއާ ގުޅޭގޮތުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުސް މީހާއަށް ގުރޫޕަކުން ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯ ފްޓޭޖް ބައްލަވާފައިވާ ކަމަށެވެ. ޝިކާރައަކަށްވީ ފުލުހަކީ ގަލޮޅު ޕޮލިސްގައި މަަސައްކަތް ކުރައްވާ ސާޖަންޓެއްކަން ފާހަގަ ކުރައްވާ އޭނާއަށް ތައުރީފު ކުރެއްވި އެވެ. ސީޕީ ވިދާޅުވި ގޮތުގައި ގުރޫޕަކުން ހަމަލާ ދިނުމުން އެ މީހުންނާއި ދެކޮޅަށް ފުލުސް މީހާ ދެއްކީ ގަދަ ހިތްވަރެވެ.

އަދި އެ މީހުން ހައްޔަރު ކުރުމަށް ހުޅުމާލެ ފުލުހުންގެ ޓީމުން ކުރި މަސައްކަތަށްވެސް ތައުރީފު ކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.