އެމްޑީޕީގައި "ފިކުރެއްގެ ދިރުން" ފެކްޝަން ރަސްމީ ވެގެން އައީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކޮށް ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ކުރިއަށް ގެންދަން ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް ދާދި ދެންމެއަކު "ފިކުރެއްގެ ދިރުން" ހަރަކާތުގެ ގިނަ އަދަދެއްގެ އިސް އޮފިޝަލުން ވަޑައިގެން ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީގައި "ފިކުރެއްގެ ދިރުން" ފެކްޝަން ރަސްމީ ވެގެން އައީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު އެވެ.
އާ ޕާޓީ، "ދަ ޑިމިކްރެޓްސް" އުފެއްދުމުގެ ހުއްދައަށް މިއަދު ހުށަހެޅި އިރު އޭގެ ކުރީން ނިންމީ "ފިކުރެއްގެ ދިރުން" ހަރަކާތުން ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫން ކެންޑިޑޭޓަކަށް ތާއީދު ކުރާށެވެ. އެ ގޮތުން ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީގެ ލީޑަރު ގާސިމާއެކު ކުރިޔަށް ދާން މަސައްކަތްތަކެއް ކުރުމަށް ފަހުން "ފިކުރެއްގެ ދިރުން" ހަރަކާތް ފަހުން ނިންމީ ސިޔާސީ ޕާޓީއެއް ހަދާށެވެ.
ނަޝީދުގެ އެ ހަރަކާތަށް ނިސްބަތްވާ އެމްޑީޕީގެ މަޖިލިިސް 12 މެންބަރަކު ޕާޓީން ވަކިވި އިރު ގިނަ އަދަދެއްގެ މެންބަރުން ވެސް ގެންދަނީ އެމްޑީޕީން ވަކިވެ އާ ޕާޓ، "ދަ ޑިމޮކްރެޓްސް" އާ ގުޅެމުންނެވެ. އަދި އެމްޑީޕީން ވަނީ އެ ހަރަކާތަށް ނިސްބަތްވެ ވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު ޕާޓީން ކަނޑާވެސް ލާފަ އެވެ.
އެ މަނިކުފާނާއެކު އެމްޑީޕީ އުފެއްދީ ޖޫން 26، 2005 ގައެވެ. އޭގެ ކުރީން ރާއްޖޭގައި ސިޔާސީ ޕާޓީއެއް ހެދީ ފުރަތަމަ ޖުމްހޫރިއްޔާގައި ރައީސް މުހައްމަދު އަމީނެވެ މިހާރު ރާއްޖޭގައި އޮތީ ނުވަ ސިޔާސީ ޕާޓީ އެވެ. ނަޝީދުގެ ޕާޓީ އުފެއްދިއްޖެ ނަމަ 10 ޕާޓީއަށް ބަދަލުވާނެ އެވެ.