ފެޝަން ޝޯއަކާއެކު ރިސޯޓް ހޮލިޑޭއިން ރާއްޖެ އިސްތިހާރުކޮށްފި

ރަޝިއާގައި ބޭއްވި މި މާކެޓިން އިވެންޓުގައި 20 ރިސޯޓަކުން ބައިވެރިވި. އަދި ރަޝިއާގެ މަޝްރޫއު ގިނަ ޓުއާ އޮޕަރޭޓަރުންވެސް ބައިވެރިވި

ރަޝިއާގައި ބޭއްވި އިވެންޓުގެ ބައިވެރިއެއް ފޮޓޯއަކަށް ހުއްޓިގެން

އިސްތިހާރު ކުރަން ތަފާތު ވިސްނުންތަކެއް އަބަދުވެސް ގެންގުޅޭ އެއް ކުންފުންޏަކީ ދިވެހި ވިޔަފާރިވެރިޔާ މުހައްމަދު ޝާޒް ވަލީދުގެ ރިސޯޓް ހޮލިޑޭސް އެވެ. ރަޝިއާގައި މައި އޮފީސް ހިންގާ އެ ކުންފުނިން މި ފަހަރު ރާއްޖެ އިސްތިހާރު ކޮށްފައި ވަނީ މުޅިން ތަފާތު ގޮތަކަށެވެ. ރާއްޖެ އިސްތިހާރުކުރީ ރަޝިއާގެ މޮޑެލްސް ބޭނުން ކޮށްގެން ފެޝަން ޝޯއަކާއެކުގަ އެވެ. 

ރިސޯޓް ހޮލިޑޭސްގެ ވެރިޔާ ޝާޒް ވަލީދު ވިދާޅުވި ގޮތުގައި އިވެންޓަށް ރާއްޖޭގެ އަގު ބޮޑު ރިސޯޓްތައް ވިއްކާ 10 އެޖެންސީއަކަށް ދައުވަތު ދީ ބައިވެރި ކުރި އެވެ. މި އިވެންޓް ފެށިގެން ދިޔައީ ރާއްޖޭގެ ޓޫރިޒަމް ފަށައިދިން ޖޯޖް ކޯބިންގެ ވީޑިއޯ ގްރަފީއަކާއެކުގަ އެވެ. އެ ވީޑިއޯގައި 70 އިގެ އަހަރުތަކުގައި ރާއްޖޭގެ ޓޫރިޒަމް ފެށިގެން އައި ގޮތެވެ.

"އެ ވީޑިއޯ ވެގެން ދިޔައީ މިހާތަނަށް ރަޝިއާގައި ރާއްޖޭގެ މައުލޫމާތު އެެންމެ ފުރިހަމައަށް ލިބިގެން ދިޔަ ވީޑިއޯ ގްރަފީގެ ގޮތުގައި ބައިވެރިން ފާހަގަކުރި،" ވަލީދު ވިދާޅުވި އެވެ. 

ރިސޯޓް ލައިފްގެ ވެރިޔާ ޝާޒް ވަލީދު ރަޝިއާގައި ބޭއްވި އިވެންޓުގެ ތެރޭގައި

އޭނާ ވިދާޅުވީ މި އިވެންޓަކީ ރިސޯޓް ހޮލިޑޭސް އަދި ރިސޯޓްލައިފުން ރާއްޖެ އިޝްތިހާރު ކުރަން މިހާތަނަށް ހިންގި 10 ވަނަ ހަރަކާތެވެ. މި ހަރަކާތުގައި ވިއްސަކަށް ރިސޯޓަށް ރިކްއެސްޓް ކޮށްފައިވާނެ ކަމަށް ވެސް ވަލީދު ވިދާޅުވި އެވެ. މީގެ އިތުރުން މި އިވެންޓަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީއަށް ވެސް ރިކްއެސްޓް ކޮށްފައި ވާނެ ކަމަށާ ނަމަވެސް އެ ދެފާތުން މި އިވެންޓުގައި ތަމްސީލް ނުކުވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވެސް ވަލީދު ވިދާޅުވި އެވެ. 

މި އިވެންޓް ކުރިއަށް ދިޔައިރު ލައިވް މިއުޒިކްގެ ހަރަކާތްތަކެއް ވެސް މި އިވެންޓް ކުރިއަށް ދިޔަ ހޯލްގައި ބޭއްވި އެވެ.  

ރަޝިއާގައި ބޭއްވި އިވެންޓަށް ފޮނުވާފައި ކާޑެއް
ރިސޯޓް ލައިފާއި ރިސޯޓް ހޮލިޑޭ - މީގެ ވިއްސަކަށް އަހަރު ކުރިން ވަރަށް އާދައިގެ ގޮތަކަށް ޓޫރިޒަމް މަސައްކަތް ފެއްޓެވި ވަލީދުގެ ރިސޯޓް ލައިފްއަކީ މިހާރު ބޮޑު ކުންފުންޏެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.