ނަޝީދުގެ ޕާޓީއަށް ކިޔާނެ ނަމާ ކުލައާ ލޯގޯ ހޯދަނީ

"ފިކުރެއްގެ ދިރުން" ހަރަކާތުން ބުނީ އެ ފުރުސަތު މާދަމާ ހެނދުނު ހައެއް ޖަހަން ދެން އޮންނާނެ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު: އައު ޕާޓީއަށް ކިޔާނެ ނަމެއް ދަނީ ހޯދަމުން -

ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތުން އުފައްދަން ނިންމާފައިވާ ސިޔާސީ ޕާޓީއަށް ކިޔާނެ ނަމެއް ކަނޑައެޅުމަށް އާންމުންގެ ހިޔާލަށް ރޭ ހުޅުވާލައިފި އެވެ.

އެ ހަރަކާތުން ވަނީ އެކަމަށް ހާއްސަ ގޫގްލް ފޯމެއް ހަދާފަ އެވެ. އެގޮތުން އެކަމަށް ހިޔާލު ދޭން ބޭނުންވާ މީހުން ޕާޓީ އަށް ކިޔަން ބޭނުންވާ ނަމާއި ޕާޓީ އަށް ކިޔަން ބޭނުންވާ ނަމުގެ ތަފްސީލާއި ޕާޓީގެ ކުލަ އާއި ޕާޓީގެ ލޯގޯ ހިމެނުމަށް ފަހު ފޮނުވަން ވަނީ އެދިފައެވެ.

"ފިކުރެއްގެ ދިރުން" ހަރަކާތުން ބުނީ އެ ފުރުސަތު މާދަމާ ހެނދުނު ހައެއް ޖަހަން ދެން އޮންނާނެ ކަމަށެވެ.

ޕާޓީއަށް ކިޔާނީ ކޮން ނަމެއް؟ - ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތުން އުފައްދަން ނިންމާފައިވާ ޕާޓީ އަށް ކިޔާނެ ނަމަކާމެދު މިހާރުވެސް އެކި ފޯރަމްތަކުގައި ހިޔާލު ބަދަލު ކުރެވެމުން ދެއެވެ. "ފިިކުރެއްގެ ދިރުން ޕާޓީ" އާއި "ކޮންޒަވޭޓިވް ޕާޓީ" އާއި "ފްރީ ޑެމޮކްރަޓިކް ޕާޓީ" އަދި "ލިބިރަލް ޕާޓީ" ފަދަ ނަންތަކާމެދު ހިޔާލު ބަދަލު ކޮށްފައި ވެއެވެ. އަޑުތައް ހުރި ގޮތުން އެކުގައި ތިއްބެވި ގިނަ ބޭފުޅުންނަށް ކަމުދަނީ "ފިިކުރެއްގެ ދިރުން ޕާޓީ" އެވެ. ދެން "ކޮންޒަވޭޓިވް ޕާޓީ" އެވެ. އެހެން ކަމުން އޭގެ ގިނަ ބޭފުޅުން ބޭނުން ވަނީ މި ދެ ނަމުން ނަމެއް ކިޔާށެވެ.
  • 1.ފިިކުރެއްގެ ދިރުން ޕާޓީ
  • 2.ކޮންޒަވޭޓިވް ޕާޓީ
  • 3.ފްރީ ޑެމޮކްރަޓިކް ޕާޓީ
  • 4.ލިބިރަލް ޕާޓީ

ނޫ ރާޅުބާނީގެ ކުލަބަރިއެއް

މީގެ އިތުރުން އާ ޕާޓީ އުފެއްދުމުގެ މަަސައްކަތުގައި އިސްކޮށް އުޅޭ ބޭފުޅުން މި ފަހުން ފެންނަނީ މަޑު ނޫ ކުލަ ބޭނުން ކުރައްވާ މަންޒަރެވެ. ކުރީން ބޭނުން ކުރަމުން ގެންދިޔަ ގުލްޗަމްޕާ މާ ދޫކޮށް މިހާރު ބޭނުން ކުރަނީ ނޫ ކުލައިގެ ރާޅު ބާންޏެއް މަންޒަރު ފެންނަ ކޮށްދޭ ލޯގޯ ކުލަބަރި އެކެވެ.

ފިކުރެއްގެ ދިރުމުން ބުނަނީ - "ފިކުރެއްގެ ދިރުން" ހަރަކާތުން ބުނީ ޕާޓީ އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. މި ހަފްތާގައި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭނެ އެވެ. މިހާރުވެސް "ފިކުރެއްގެ ދިރުން" ހަރަކާތުގެ ރަސްމީ އޮފީސް "ބޮޑުފެންވަޅުގޭ" ގައި މަޝްވަރާތައް ހިނގައެވެ. އާ ޕާޓީ އުފެއްދުމަށް އެމްޑީޕީގެ މަޖިލީސް 13 މެންބަރަކާއި އެ ޕާޓީގެ ނާއިބު ރައީސް ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.