ޓައިވާނަށް ސަފީރަކު ކަނޑައަޅަން ފޮނުވުނީ އޮޅިގެން، މައާފަށް އެދެފި

އެ މައްސަލާގައި ޗައިނާ ސަފީރު މިރޭ ވިދާޅުވި ގޮތުގައި އެކަން ހިނގާ ދިޔަ ގޮތް ވަނީ ބައްލަވާފައެވެ. އަދި ފޮރިން މިނިސްޓްރީން އެކަމަށް މާފަށް އެދިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖެއިން ޓައިވާނަށް ސަފީރަކު ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުއްވުނީ އޮޅިގެން ކަމަށާ އެކަމާއި ގުޅިގެން ދިވެހި ސަރުކާރުން ރަސްމީކޮށް މާފަށް އެދިފައިވާ ކަމަށް ޗައިނާގެ ސަފީރު ވެންގް ލިޒިން ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ "ރިޕަބްލިކް އޮފް ޗައިނާއަށް" ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ހުދާ އަލީ ޝަރީފް އައްޔަން ކުރުމަށް ގަސްދުކުރައްވާ ކަމަށެވެ. އެހެން ކަމުން އޭނާ ސަފީރު ކަމަށް ހަމަޖެއްސުމާ މެދު މަޖިލީހުން މަޝްވަރާކޮށް ގޮތެއް ނިންމައިދިނުމަށެވެ.

ރައީސްގެ ސިޓީގައި ލިޔުއްވާފައިވާ "ރިޕަބްލިކް އޮފް ޗައިނާ" އަކީ ޓައިވާނެވެ. ޗައިނާއަށް ނިސްބަތް ކުރަނީ "ޕީޕަލްސް ރިޕަލްބިލް އޮފް ޗައިނާ" ނަމުންނެވެ. ރާއްޖެެއާ ދުނިޔޭގެ ހުރިހާ ގައުމުތަކަކުންހެން ގަބޫލު ކުރަނީ އެންމެ ޗައިނާ އެކެވެ. އެއީ  "ޕީޕަލްސް ރިޕަލްބިލް އޮފް ޗައިނާ" އެވެ.

ނަމަވެސް "ރިޕަބްލިކް އޮފް ޗައިނާއަށް" ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ބޭފުޅަކު ހަމަޖެއްސެވުމަށް ފޮނުއްވި ސިޓީ އާންމުވެ ސަރުކާރު ހޫނުފެނަށް ވެއްޓުނެވެ. ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

އެ މައްސަލާގައި ޗައިނާ ސަފީރު މިރޭ ވިދާޅުވި ގޮތުގައި އެކަން ހިނގާ ދިޔަ ގޮތް ވަނީ ބައްލަވާފައެވެ. އަދި ފޮރިން މިނިސްޓްރީން އެކަމަށް މާފަށް އެދިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ސަފީރު ވަނީ ރާއްޖެ-ޗައިނާ ގުޅުން ހަރުދަނާ ކޮށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފައިވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.