އިތުރު ވީޑިއޯއެއް: ވިލިމާލެ ބީޗުގައި ބަދުއަހުލާގީ އަމަލު ހިންގައިފި

އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ ބިދޭސީ އަންހެނަކާއި ފިރިހެނަކު ވިލިމާލެ ބީޗް ސަރަހައްދުގައި އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފު އަމަލުތަކެއް ހިންގަނިކޮށެވެ.

ވިލިމާލޭ ބީޗް ސަރަހައްދުގައި އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފު އަމަލު ހިންގި ދެ މީހުން: އެ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ވައިރަލްވެފައި

އާންމު ތަންތަނުގައި އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހިންގުމާއި ބަދުއަހުލާގީ އަމަލުތައް ހިންގާ މައްސަލަ ބޮޑުވެފައި ވަނިކޮށް މިއަދު ހެނދުނު ވިލިމާލެ ބީޗް ސަރަހައްދުގައި ދެ މީހަކު އެފަދަ އަމަލުތަކެއް ހިންގާ ވީޑިއޯއެއް ވައިރަލްވެ ރައްޔިތުންގެ ރުޅިވެރިކަމާއި ކަންބޮޑުވުން އިތުރު ވެއްޖެ އެވެ.

އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ ބިދޭސީ އަންހެނަކާއި ފިރިހެނަކު ވިލިމާލެ ބީޗް ސަރަހައްދުގައި އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފު އަމަލުތަކެއް ހިންގަނިކޮށެވެ. އެއްވެސް ޖެހިލުމެއް ނެތި އާންމު ތަނެއްގައި އެ މީހުންގެ އެ އަމަލު ހިންގާފައި ވެއެވެ. 

މި މައްސަލައެއް އާންމުވިއިރު ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ދެ މީހަކު ބަދު އަހުލާގީ އަމަލު ހިންގަނިކޮށް ފެންނަ ވީޑިއޯ އެއްވެސް ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި އެ ތަނުގައި ތިބެ ދެ މީހުން ޖިންސީ ގުޅުން ހިންގާ މަންޒަރު ވެސް ފެނެ އެވެ.

ވަރަށް ގިނަ ބަޔަކު ދަނީ އެކަމާއިމެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެކަންކަން ބަލާ ހުއްޓުވަން ޖެހޭ މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަަމަށް ތުހުމަތުކޮށް ގިނަ ބަޔަކު ރުޅިވެރިކަމާއެކު ފާޑުކިޔުން އަމާޒު ކޮށްފައި ވެއެވެ.

"މި މަންޒަރުތަކުން ވަރަށް ބޮޑު މެސެޖެއް އެބަ ލިބޭ. އެއީ މިއީ ރާއްޖޭގައި މިހާރު މަނާ ކަންކަން ނޫން ކަން. އެހެން ނޫންނަމަ މީހުން އަބަދުވެސް ގޮސް އައިސް އުޅޭ ސަރަހައްދެއްގައި މި މީހުންނަށް [ބިދޭސީންނަށް] މިހެން އުޅެން ނުކެރޭނެ. މި މީހުންނަށް މި ގޮތަށް އުޅެވޭނީ ކޮންމެވެސް ބަޔަކު އެ މީހުންނަށް އެގޮތަށް އުޅެވޭނެ ކަމާއި ފިޔަވަޅެއް ނޭޅޭނެ ކަމުގެ ޔަގީންކަން ދީފައި އޮތީމަ،" އާންމުންގެ މީހަކު ޓްވީޓާގައި ލިޔެފައި އޮތެވެ.

ވަރަށް ގިނަ ބަޔަކު ވަނީ އެ ވީޑިއޯއާ ވީޑިއޯގެ ސްކްރީންޝޮޓް ހަދާ ފުލުހުންގެ މުއައްސަސާ ޓެގްކޮށް ޓްވީޓްތަކާއި ޕޯސްޓްތައް ކޮށްފައެވެ.

"މިކަންކަން މި ގޮތަށް ކުރުމުގެ ހުއްދަ އޮންނަނީ ކޮން ގައުމެއްގައި. މިކަންކަމަށް އަޅާ ނުލާ ތިބެނީ ކީއްވެ،" ފުލުހުންގެ މުއައްސަސާއާ ސުވާލުކޮށް އެހެން މީހަކު ލިޔެފައިވެއެވެ.

ރާއްޖޭގައި ދީނާ ހިލާފު ކަންކަން ކުރުމާއި / ފެތުރުން އާންމުވެފައިވާ ކަމަށް ދެކޭ މީހުން ގިނަ އެވެ. އެކަންކަން ހުއްޓުވަން ސަރުކާރާއި މުއައްސަސާތަކުން މަަސައްކަތް ނުކުރާ ކަމަށް އެ މީހުން ދެކެއެވެ. ބައެއް މީހުންގެ ނަޒަރުގައި މިހާރު ހިނގަނީ އެފަދަ ކަންކަން ނޯމަލައިޒް -- އާދައިގެ ކަންކަމަށް ހެދުމުގެ މަސައްކަތެވެ. 

ކޮމެންޓް

1
450
ނަޖޫ
1 year ago

މޯލްޑިވްސް ނޯމަލައިޒޭޝަން ޕްރޮގްރާމް 1- ދީނަށް ފުރައްސާރަ ކުރުން 2- ރާ އާންމު ކުރުން 3- ބަދުއަލާގީ އަމަލު އާންމު ކުރުބް 4- އެއްޖިންސުން ގުޅުން ހިންގުން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.