ފުޅާކޮށް ހަށިވިއްކަމުން ދިޔަ 13 މީހުން ހައްޔަރުކޮށްފި

ފުލުހުން މިއަދު ބުނީ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ރޭ މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ވެހިކަލެއް: ހަށީވިއްކާ ވިޔަފާރީގައި އުޅުނު 13 މީހަކު ވަނީ ހައްޔަރުކޮށްފައި -- މި

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ 13 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. 

ފުލުހުން މިއަދު ބުނީ  އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ރޭ މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ދެ ޖިންސުގެ ބިދޭސީ މީހުންނެވެ.

  •  ބަންގްލަދޭޝް 8 ފިރިހެނުން
  •  ބަންގްލަދޭޝް އަންހެނަކު
  •  ތައިލެންޑް 4 އަންހެނުން

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ރާވައިގެން ހިންގާ ކްރިމިނަލް ނެޓްވޯކަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ބިދޭސީން މަސާޖު ޕާލާތަކުގެ ނަންނަމުގައި ވެސް ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރެ އެވެ. އަދި މަގުމަތީ އާއި ސޯޝަލް މީޑިއާގައި ވެސް އެ ވިޔަފާރި އިޝްތިހާރު ކުރެ އެވެ.

ކޮމެންޓް

1
450
އަބުހަރީ އަހުމަދު
1 year ago

ކޮންމެ ފުޅަލެއް. މަގުމަތީގަ އަތުގަ ހިފާ ދަމަނީ އަންނާށޭ ކިޔާފަ ދެން މިއަށްވުރެ ފުޅާވުމަކީ ކޮބާ ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.