އިދިކޮޅު ފަރާތްތަކުން ޗާގޯސް މައްސަލައިގައި ބޭއްވި ދެ ޕްރެސް ކޮންފަރެންސެއްގައި ޕާޓީގެ ސިޔާސަތުތަކާމެދު ނުރުހުން ފާޅުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އާޒިމް ފާޑުވިދާޅުވެފައިވާ ކަމަށް ރިޕޯޓުގައި ބަޔާން ކޮށްފައިވެ އެވެ.
ބޮޑެތި ފިޔަވަޅުތަކެއް އަޅައި، ޕާޓީން ވަކި ކުރި ފަހުން އެކަމާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވާހަކަފުޅު ދައްކަވައިފި އެވެ.
އޭނާ އެމްޑީޕީން ވަކި ކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ އިއްޔެ އެވެ. އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ އަކީ އެކަނި ހުންނެވި ބޭފުޅެއް ނޫން ކަމަށެވެ.
އާޒިމްގެ ކުރު ޓުވީޓުގައި ވިދާޅުވިއެވެ:
"މަށަކީ އެކަކެއް ނޫން! ޝުކުރިއްޔާ"
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީ އިން އާޒިމްގެ މައްސަލަ ބަލަން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" (އެފްޑީ) ފެކްޝަނުން، ޗާގޯސް މައްސަލައިގައި އިދިކޮޅު ޕާޓީތަކާ ގުޅިގެން މަސައްކަތްކޮށް އަދި އެ މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ތާއީދުކޮށް ސޮއި ކުރައްވައިގެނެވެ.
މި މައްސަލަ ބެލުމަށްފަހު ތިން ފިޔަވަޅެއް އަޅަން ކޮމެޓީ އިން ނިންމާފައިވެ އެވެ. އެއީ:
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން އިއްޔެ އާންމުކުރި ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުގައި، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ އެއްވެސް ގުނަވަނަކުން ނިންމާފައި ނުވާއިރު، ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމަށް އާޒިމް ސޮއި ކުރެއްވީ ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށެވެ.
އިދިކޮޅު ފަރާތްތަކުން ޗާގޯސް މައްސަލައިގައި ބޭއްވި ދެ ޕްރެސް ކޮންފަރެންސެއްގައި ޕާޓީގެ ސިޔާސަތުތަކާމެދު ނުރުހުން ފާޅުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އާޒިމް ފާޑުވިދާޅުވެފައިވާ ކަމަށް ރިޕޯޓުގައި ބަޔާން ކޮށްފައިވެ އެވެ.
އާޒިމަކީ ޗާގޯސް އިމުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކާ އެކު، އެންމެ ގާތުން މަސައްކަތްކުރެއްވި އެމްޑީޕީގެ މެންބަރެވެ. އޭނާގެ އިތުރުން، އޭނާއާއެކު "ފިކުރެއްގެ ދިރުން" ފެކްޝަނުގައި މަސައްކަތް ކުރައްވާ އެހެން މެންބަރުންނަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން އިންޒާރު ދީފައި ވެއެވެ.