ކުޑަހުވަދޫ މީހަކު މާލެތެރެއަށް ގެއްލިގެން ހޯދަނީ

އޭނާގެ ގެއްލިގެން އާއިލާގެ ފަރާތުން ދ. ކުޑަހުވަދޫ ފުލުހަށް އެކަން ރިޕޯޓްކޮށްފައިވަނީ މެއި 15 އިގަ އެވެ.

ދ. ކުޑަހުވަދޫ، ދިލްކަޝްވިލާ / އަލީ އާތިފް ސާފީ

އަނެއްކާވެސް މާލެތެރޭން ދިވެއްސަކު ގެއްލިގެން ހޯދަން އިއުލާނެއް ޖަހައިފި އެވެ. 

ގެއްލުނީ ކާކު؟ - ފުލުހުން ބުނީ މާލެތެރެއަށް ދިވެއްސަކު ގެއްލިގެން ފުލުހަށް ރިޕޯޓެއް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ގެއްލިގެން ހޯދަމުންދަނީ ދ. ކުޑަހުވަދޫ، ދިލްކަޝްވިލާ / އަލީ އާތިފް ސާފީ 30، ކަމަށެވެ.

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އަލީ އާތިފް ސާފީގެ ހަބަރެއް ނުވެ ވަނީ ގެއްލިފަ އެވެ. އޭނާގެ ގެއްލިގެން އާއިލާގެ ފަރާތުން ދ. ކުޑަހުވަދޫ ފުލުހަށް އެކަން ރިޕޯޓް ކޮށްފައި ވަނީ މެއި 15 އިގަ އެވެ.

ފުލުސް އިދާރާއިން ބުނީ - ފުލުސް އިދާރާއިން ބުނީ އަލީ އާތިފް ސާފީ ހޯދަން ގުޅުންހުރި ހުރިހާ ފަރާތްތަކަށް އޭނާގެ މަލޫމާތު ފޯރުކޮށް ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރާ ކަމަށާއި ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އަލީ އާތިފް ސާފީ ހޯދިފައި ނުވާތީ އޭނާއާ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާ ހިއްސާ ކުރަން އެދޭ ކަމަށެވެ. ފުލުސް އިދާރާއިން އާންމުކޮށްފައިވާ ފޮޓޯއިން ލަފާ ކުރެވޭ ގޮތުގައި އޭނާ އަކީ ކޮންމެވެސް ރިސޯޓެއްގައި މަސައްކަތް ކުރާ ޒުވާނެކެވެ.
ފަސްފަހަތް - މީހުން ގެއްލުން މަދެއް ނުވެއެވެ؛ މިދިޔަ ހަފުތާގައި ވެސް މާލެ ތެރޭން މީހަކު ގެއްލިގެން ހޯދަން އިއުލާނު ކުރި އެވެ. އެއީ ފުވައްމުލަކު ޒުވާނެއް ކަމަށްވާ ހަސަން ޖަމީލު 30، އެވެ. އޭނާ ހޯދަމުން ދަނިކޮށް ފެނުނީ މީގެ ހަތަރު ދުވަސް ކުރީންނެވެ. އޭނާ ގެއްލުނީ މެއި ނުވަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މިހެން ގެއްލޭ މީހުންގެ ތެރެއިން ގިނަ މީހުން ފެނެ އެވެ. އެފަދަ ގިނަ މީހުން އުޅެފައި ވަނީ ކޮންމެވެސް ކަމަކާ ގުޅިގެން ފިލައިގެނެވެ.

ކޮމެންޓް

1
450
ހިސްމިކް
1 year ago

މިހާރު ތިކަންވެސް ބޮޑު ވެއްޖެ. ދިރާސީ ރިޕޯޓެއް ނެތްތަ ހަދާލެވޭކަން މީގެ ސަބަބުން ހޯދައިގެން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.