މާލޭޝިއާގެ މުޑުވަށް ބޭނުންކޮށްގެން މީގެ 26 އަހަރު ކުރިން އާލާކޮށްފައިވާ މި ރުއްދަނޑު އުފެއްދުމުގެ ބާނީ އަކީ ކުރީގެ އެޓޯލްސް މިނިސްޓަރު އިލްޔާސް އިބްރާހިމެވެ.
ދެކުނުގެ ހޮރައިޒަން މަސް ކާރުހާނާ ހިންގާ ސިނާއީ ރަށް، ލ. އަތޮޅު މާންދޫގެ އިރުމަތީ ފަރާތުގައި އޮންނަ ބިޔަ ރުއްގަނޑު ވަރުވާއަށް ލިޔެދީ ދޫކޮށްލަން ލ. ގަމު ކައުންސިލްގެ އިދާރާއިން އިއުލާނު ކޮށްފި އެވެ.
ގަމު ކައުންސިލްގެ އިދާރާއިން ބުނީ އެ ރަށުގެ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އެ އަތޮޅު މާންދޫ ރުއްގަނޑު ވަރުވާއަށް ލިޔެދީ، ދޫކޮށްލަން ބޭނުންވާ ކަމަށާއި ޝައުގުވެރިވާ ފަރާތްތަކަށް ރުއްގަނޑުގެ ބީލަމުގައި ބައިވެރި ވުމުގެ ފުރުސަތެއް އާންމުކޮށް ހުޅުވާލާ ކަމަށެވެ.
އަދި ބީލަމުގައި ރަޖިސްޓަރީ ވާން އެދޭ ފޯމް ފުރިހަމަކޮށް މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން ގަމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް / އީމެއިލް ކުރުމަށް ވެސް އެދިފައި ވެއެވެ.
މާންދޫގެ ރުއްދަނޑަކީ ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން އޮންނަ ރުއް ދަނޑެކެވެ.
އެ ރާސްތާގައިު ހިމެނޭ މާންދޫގައި ވަރަށް ބިޔަ ބޮޑު ރުއް ދަނޑެއް އޮވެއެވެ. މިއީ ރާއްޖޭގައި މިހާ ތަރުތީބު ހައްދާފައިވާ އެންމެ ބޮޑު ރުއްދަނޑެވެ.
މާލޭޝިއާގެ މުޑުވަށް ބޭނުންކޮށްގެން މީގެ 26 އަހަރު ކުރިން އާލާކޮށްފައިވާ މި ރުއްދަނޑު އުފެއްދުމުގެ ބާނީ އަކީ ކުރީގެ އެޓޯލްސް މިނިސްޓަރު އިލްޔާސް އިބްރާހިމެވެ. މާންދޫ ރުއްގަނޑަކީ ރާއްޖޭގެ އެންމެންގެ މެދުގައި ވަރަށް މަގުބޫލް ފޮޓޯ ސްޕޮޓެކެވެ. ވަރަށް ގިނަ ބަޔަކު އެ މީހުންގެ ވެޑިން ފޮޓޯތައް މި ރުއްދަނޑުގައި ބާއްވަ އެވެ.