އެފްއެސްއެމްގެ ދެ ބޯޓެއް ހަތަރު ދިވެހިންނާއެކު އެރިތުރިއާގައި ހިފަހައްޓާފައި

ފަހުން ގަސަމް ވަނީ "އަދަދު" ނޫހަށް އިންޓަވިއުއެއް ދެއްވާފަ އެވެ. އެ އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ދެ ބޯޓުގަ ތިބި މީހުންގެ ހާލު ރަނގަޅު ކަމަށާއި އެ މީހުނަށް ބޭނުންވާ ކާބޯ ތަކެތި ވެސް ދެ ފަހަރަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެފްއެސްއެމްގެ ބޯޓެއް: ހިފަހައްޓާފައި ވަނީ ވެސް މިފަދަ ދެ ބޯޓެއް -- ފޮޓޯ: ޕީއެސްއެމް

ފިއުލް ސަޕްލައި މޯލްޑިވެސް (އެފްއެސްއެމް) ގެ ދެ، ތެޔޮ ބޯޓެއް އެފްރިކާގެ މިސްރުން ފުރައިގެން ދިވެހިރާއްޖެއަށް ދަތުރު ކުރަމުން ދަނިކޮށް އެރިޓްރިއާގައި ފަޅުވެރިންނާއެކު ބޯޓު ހިފަހައްޓައި ތާށިވެެއްޖެ އެވެ.  

މި ހާދިސާއެއް ހިގާފައި އޮންނަތާ އޮންނަތާ ތިން ހަފުތާ ވެފައިވާއިރު ވެސް އެފްއެސްއެމުން ވެސް އަދި ދިވެހި ސަރުކާރުން ވެސް މި ވާހަކަ އާންމު ކޮށްފައެއް ނުވެއެވެ.

އެ ދެ ބޯޓުގައި ތިބީ ހަތަރު ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިއެކެވެ. އެ އެންމެން ވެސް ތިބީ ހިފަހައްޓާފަ އެވެ. އެ މީހުން ތިބި ދެ ބޯޓަކީ ރާއްޖޭގެ އެތެރޭގައި ދުއްވަން ގެންނަ 250 ހާސް ލިޓަރުގެ ކެޕޭސިޓީގެ ދެ ބޯޓެވެ. ހިފަހައްޓައިގެން އުޅޭ ދެ ބޯޓަކީ މިސްރުގައި ބަނދެގެން ރާއްޖެ ގެނައުމަށް ދަތުރު ކުރި ދެ ބޯޓެކެވެ. 

އެފްރިކާގެ އިރުއުތުރުގެ ރަތް ކަނޑުގެ އައްސޭރީގައި އޮންނަ އެރިޓްރިއާ އަކީ އެގައުމުގެ ބޯޑަރުތައް އިތިއޮޕިއާ އާއި ސޫދާން އަދި ޖިބޫޓީއާ ހިއްސާ ކުރާ ގައުމެކެވެ. އެފްއެސްއެމްގެ ދެ ބޯޓު ތާށިވާން މެދުވެރިވީ ވަރަށް ބޮޑަށް މޫސުން ގޯސްވެ ދަތުރު ނުކުރެވޭ ހިސާބަށް ދިއުމުން އެރިތުރިއާގައި ބަނދަރު ކުރުމުން ކަމަށް އެފްއެސްއެމުން ބުނެ އެވެ. އަދި ހިފަހައްޓާފައި ވަނީ ހުއްދަ ނުހޯދައި އެ ގައުމުގައި ބަނދަރު ޖަހައިގެނެވެ. 

މި މައްސަލާގައި އެފްއެސްއެމުން ތިބީ ވާހަކަ ނުދައްކާ ސިއްރުކޮށްގެނެވެ. ފަހުން ވާހަކަ ދައްކާފައި ވަނީ މި ހަބަރު ބޭރުވެ އާންމު ވުމާއެކު މީޑިއާއިން ސުވާލު ކުރުމުންނެވެ. 

ހަބަރު ދައުރުވާން ފެށުމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެފައި ވަނީ އެ ދެ ބޯޓް އޭޕްރީ 26 ގައި އެރިޓްރިއާގައި ބަނދަރު ޖެހީ މޫސުން ގޯސްވެ އިމަޖެންސީކޮށް ކަމަށާއި އޭރު އެއް ބޯޓްގެ ހުންގާނު ސިސްޓަމަށް މައްސަލައެއް ވެސް ދިމާވެފައިވާ ކަމަށެވެ. އާނާ އަދި ވިދާޅުވެފައި ވަނީ އެއީ ބަނދަރު ޖެހުމުގެ ކުރިން ހުއްދަ ހޯދަން މަސައްކަތް ކުރި ކަމަށެވެ. 

ފަހުން ގަސަމް ވަނީ "އަދަދު" ނޫހަށް އިންޓަވިއުއެއް ދެއްވާފަ އެވެ. އެ އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ދެ ބޯޓުގަ ތިބި މީހުންގެ ހާލު ރަނގަޅު ކަމަށާއި އެ މީހުނަށް ބޭނުންވާ ކާބޯ ތަކެތި ވެސް ދެ ފަހަރަށް ފޯރު ކޮށްދީފައިވާ ކަމަށެވެ. ދެ ބޯޓާއެކު ދިވެހި އަމިއްލަ ކުންފުންޏެއްގެ ބޯޓެއް ވެސް އެރިތުރިއާގައި ހިފަހައްޓާފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އިތުރަށް ގަސަމް ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ގުޅުން ހުރި ގައުމުތަކުގެ އެމްބަސީތައް މެދުވެރިކޮށް، އެރިތުރިއާގެ ކަމާ ބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން ބޯޓުތައް ދޫކޮށްލާތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"އެރިޓްރިއާ އަކީ ސިޔާސީ ގޮތުން ރާއްޖެ އާ ގުޅުން ބޮޑު ގައުމެއް ނޫން، ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެމްބަސީތައް މެދުވެރިކޮށް އެބަ މަސައްކަތް ކުރަން،" 'އަދަދު' ނޫހަށް ގަސަމް ވިދާޅުވި އެވެ.

"މި" ނޫހަށް އެނގިފައިވާ ގޮތުގައި ދެ ބޯޓްގައި ތިބި ހަތަރު ދިވެހިންގެ އާއިލާތަކުން ގެންދަނީ މި މައްސަލާގައި ޝަކުވާތައް ކުރަމުންނެވެ. 

ކޮމެންޓް

1
450
އަލީ ސަލީމް
1 year ago

އޭޕްރީލް މަހުގެ 26 ގައި ހިނގި ކަމެއް އަދިވެސް ފޮރުވައިގެން އުޅޭތި. އަދި ވާހަކަ ވެސް ރީތި ކުރަމުން ގެންްދޭ ނާގާބިލު ނުކިޔަވާ ތިބި މީހުންނަށް ކުންފުނިތައް ދިނިމާ ހުއްދަ ނުހޯދާ ގައުމުތަކުގައި ބަނދަރު ވެސް ޖަހާނެ ވައްކަން ވެސް ކުރާނެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.