ތިނަދޫ ދޯންޏަކުން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީފި

މަސްވެރިންނަށް މިޔަރު ހަމަލާ ދިނުން މީގެ ހައެއްކަ އަހަރު ކުރީއްސުރެ ފެށިގެން ރާއްޖޭގައި އާންމުވެފައި ވެއެވެ.

މިއަރުގެ ހަމަލާ މަސްވެރިޔާގެ ފަޔަށް އަމާޒުވެފައި، އޭގެ އިތުރުން އޭނާގެ އަތާއި، ގަޔަށް ވެސް ގެއްލުން ލިބުނު

ގދ. ތިނަދޫ "ކަޅިރަވަ" ދޯނިން ކަނޑަށް ވެއްޓުނު މީހަކަށް މިއަރެއް ހަމަލާދީ، ބޮޑެތި އަނިޔާ ތަކެއް ވެއްޖެއެވެ.

މިއަދު ހިނގި މި ހާދިސާގައި ޒަހަމްވީ އެ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކަށެވެ. މިޔަރު ދަތް އެޅުމުގެ ސަބަނުން އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާގެ، އަތަށާއި ފައިގެ އެކި ތަންތަނަށް މިއަރުގެ ހަމަލާ އަމާޒުވެފައި ވެއެވެ. 

ދައުރުވަމުންދާ ވީޑިއޯއާ އެކު އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، ހަމަލާ ދިން މިޔަރުގައި ގާތްގަނޑަކަށް އަށެއްކަ ފޫޓު ހުންނާނެއެވެ. 

ޒަހަމްވި ބިދޭސީ މީހާއަށް ގއ. ވިލިނގިލީ ހޮސްޕިޓަލުގައި މިހާރު ގެންދަނީ ފަރުވާ ދެމުންނެވެ.

މަސްވެރިންނަށް މިޔަރު ހަމަލާ ދިނުން މީގެ ހައެއްކަ އަހަރު ކުރީއްސުރެ ފެށިގެން ރާއްޖޭގައި އާންމުވެފައި ވެއެވެ. އޭގެ އިތުރުން މަސްވެރިން ބާނާ މަސް މިޔަރު ކާލާ ކަމުގެ ޝަކުވާ ވެސް މަސްވެރިން ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.