ރަށެއް ދޭ ގޮތަށް ދާލު އެއާޕޯޓް ބައިނަލް އަގުވާމީ ކުރަނީ

މިހާރު ދާލު އެއާޕޯޓް ހިންގަނީ ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ކުންފުނި ޔުނިވާސަލް ކުންފުނީގެ ރިއޯލާ ކުންފުނިންނެވެ.

ކުޑަހުވަދޫގައި ހިންގާ ދާލު އެއާޕޯޓް: ބައިނަލްއަގުވާމީ ކުރާނީ ކްރޮސް ސަބްސިޑީގެ ދަށުން ރަށެއް ދީގެން -- ފޮޓޯ: ޕީއެސްއެމް

ކްރޮސް ސަބްސިޑީ އުސޫލުން ބަދަލުގައި ރަށެއް / ފަޅެއް ދޭ ގޮތަށް ދާލު އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރަން ނިންމައިފި އެވެ. 

ކްރޮސް ސަބްސިޑީ އުސޫލުން ދ. ކުޑަހުވަދޫގައި ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނި ކަމަށްވާ ރިއޯލޯ އިންވެސްޓްމަންޓުން ހިންގާ ދާލު އެއާޕޯޓް ކްރޮސް ސަބްސިޑީ އުސޫލުން ތަރައްގީ ކުރަން ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނެރުއްވި ރިޔާސީ ގަރާރަކުންނެވެ. 

އެ ގަރާރު ނެރުއްވާފައި ވަނީ ޓޫރިޒަމް ގާނޫނުގެ ފަސްވަނަ މާއްދާގެ ތިން ވަަނަ އިސްލާހުގައިވާ ގޮތުން ދައުލަތުގެ އާއްމު މަންފާއަށްޓަކައި ހާސިލް ކުރަން ބޭނުންވާ އިގްތިސޯދީ ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގަން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި މަޝްރޫއު ހަވާލު ކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަން ޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ރައީސުލްޖުމްހީރިއްޔާގެ ގަރާރަކުން ކަނޑައަޅައި އާއްމުކޮށްފައިވާ ގޮތަށް ބަދަލު ގެންނަން ޖެހިއްޖެނަމަ ރައީސުލް ޖުމްހޫރިއްޔާއަށް ފެނިވަޑައިގެންނެެވެ. 

ގަރާރުގައި އެ އުސޫލުގެ ދަށުން ހިިންގާނެ މަޝްރޫއުތަކާއި އެ މަޝްރޫއުތަކަށް ކުރާނެ އިންވެސްޓްމަންޓުގެ އަގުވެސް ބަޔާން ކޮށްފައި ވެއެވެ. މި ލިސްޓަށް އަލަށް ލާފައިވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ފިޔަވައްސާއި ދާލު އެއާޕޯޓް ބައިނަލް އަގުވާމީ ކުރުމެވެ. 

މިހާތަނަށް އިއުލާނު ކޮށްފައިވާ މަޝްރޫއުތައް

  •  ހަ ސަރަހައްދެއްގައި އެއާޕޯޓް ހެދުން - އިންވެސްޓްމަންޓް އަގު 3 މިލިއަން ޑޮލަރު
  •  ގިރާވަރު ފަޅު ތަރައްގީ ކުރުން - އިންވެސްޓްމަންޓް އަގު 5 މިލިއަން ޑޮލަރު
  •  ކައްދޫ އެއާޕޯޓް ބައިނަލްއަގުވާމީ ކުރުން - އިންވެސްޓްމަންޓް އަގު 5 މިލިއަން ޑޮލަރު
  •  މަޑިވަރު އެއާޕޯޓް ބައިނަލްއަގުވާމީ ކުރުން - އިންވެސްޓްމަންޓް އަގު 5 މިލިއަން ޑޮލަރު
  •  މާފަރު އެއާޕޯޓް ބައިނަލްއަގުވާމީ ކުރުން - އިންވެސްޓްމަންޓް އަގު 5 މިލިއަން ޑޮލަރު
  •  ދާފު އެއާޕޯޓް ބައިނަލްއަގުވާމީ ކުރުން - އިންވެސްޓްމަންޓް އަގު 5 މިލިއަން ޑޮލަރު
ކްރޮސް ސަބްސިޑި އުސޫލު - ކްރޮސް ސަބްސިޑީގެ މަގުސަދަކީ، ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލު ކުރަން ބޭނުންވާ އިޤްތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ދުރާލައި އިއުލާނު ކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލު ކުރެވޭ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކުރުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމަށް ބަޔާން ކޮށްފައިވާ ގޮތަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.

ގަވާއިދުގެ ތިން ވަނަ މާއްދާގައި ބުނާ ގޮތުން ކޮންމެ އަހަރަކު ވެސް އެ އަހަރެއްގެ ތެރޭގައި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގަން އެ މަޝްރޫއެއްގެ މުގާބިލުގައި ކްރޮސް ސަބްސިޑީ އުސޫލުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާނެ މުހިންމު މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ކޮންމެ އަހަރަކު ޝާއިއު ކުރަން ޖެހެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.