އާދޭސް ދަންނަވައިގެން ބޮޑުވަޒީކަން ހޯއްދަވަން ރާޖަޕަކްސާ ނޫޅުއްވާނެ

ލަންކާގެ ހިޔާނާތާއި ވައްކަން އިންތިހާއަށް ގޮސް ނިޒާމު ގެއްލުމުގެ ސަބަބުން ގައުމު ބަނގުރޫޓުވުމަށް ފަހު އެ ގައުމު ހާލަތު އަދިވެސް އޮތީ ދެރަވަރުގަ އެވެ.

ލަންކާގެ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު ރާޖަޕަކްސާ

ސްރީ ލަންކާގެ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ އަލުން ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަން ކޮށްދޭން ރައީސް ރަނިލް ވިކްރަމަ ސިންހާގެ އަރިހު އާދޭސް ދަންނަވާފައި ނުވާނެ ކަމަށް މަހިންދަ ރާޖަޕަކްސާގެ ޕާޓީ، ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) އިން ބުނެފި އެވެ. 

މަހިންދާ ރާޖަޕަކްސަ އަލުން ބޮޑު ވަޒީރު ކަމަށް ވަޑައިގަތުމަށް ޝައުގުވެރިވެ ވަޑައިގެން ރަނިލްއަށް ދަންނަވާފައިވާ ކަމަށައި އެއީ ހިނގާ އަދި ޑީލެއްގެ ތެރެއިން ނިމިފައިވާ ކަމެއް ކަމަށް އިއްޔެ އާއި ކުރީ ދުވަހު ވަނީ ލަންކާގައި އަޑުތައް ފެތުރިފަ އެވެ. 

އެސްއެލްޕީޕީގެ ޖެނެރަލް ސެކްރެޓަރީ ސަގަރާ ކަރިޔަވަސަމް ވިދާޅުވީ ލަންކާއަށް ފެތުރިފައި އޮތް އެ އަޑުތަކަކީ އެއްވެސް ހަގީގަތެއް ނެތް ބުހުތާން ދޮގު ވާހަކަތަކެއްކަމަށާއި ރައްޔިތުންނަށް އެކަން ފާހަގަ ކުރެއްވެން ވެސް ޖެހޭނެ ކަމަށެވެ.

"ރައްޔިތުންށް ފާހަގަ ކުރެއްވެން ޖެހޭނެ މަހިންދާ ރާޖަޕަކްސާއަކީ ވެރިޔަކަށް އާދޭސް ދަންނަވައިގެން މަގާމެއް ހޯއްދަވާނެ ބޭފުޅެއް ނޫންކަން. އެ މަނިކުފާނު ކަމަކު އެދޭނީ ރައްޔިތުންގެ ގާތުގައި،" 

މީގެ އިތުރުން އެސްއެލްޕީޕީގެ ޕާލަމެންޓް މެމްބަރު އަދި މަހިންދަ ރާޖަޕްކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާ ވިދާޅުވީ އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސަ ބޮޑު ވަޒީރު ކަމުގެ މަގާމު ރޭއްވުމެއްގެ ތެރެއިން ހޯދައްވަން ތައްޔާރުވެ ވަޑައިގެން އެކަމާ ނޫޅުއްވާނެ ކަމަށާއި މަހިންދަ ރާޖަޕްކްސާއަކީ ނުބައި ރޭވުންތަކެއްގެ ތެރެއިން ވެރިކަމަށް ވަޑައިގަތުމުގެ ބަދަލުގައި ރައްޔިތުންގެ ބާރުގައި ވެރި ކަން ހޯއްދަވާ އަދި ހޯއްދަވާނެ ބޭފުޅެއް ކަމަށެވެ.

"ރައްޔިތުންނާއެކު ހުންނެވުމަށް ބޮޑުވަޒީރުގެ މަގާމުން ވަކިވެވަޑައިގަތީ ވެސް... އަނެއްކާ ވެސް މި ގައުމުގެ ލީޑަޝިޕަށް އެނބުރި ވަޑައިގެންފި ނަމަ އެކަން ވެސް އެ މަނިކުފާނު ކުރައްވާނީ ރައްޔިތުންނާ އެކުގައި،" ނަމާލް ވިދާޅުވި އެވެ.

ލަންކާގެ ހިޔާނާތާއި ވައްކަން އިންތިހާއަށް ގޮސް ނިޒާމު ގެއްލުމުގެ ސަބަބުން ގައުމު ބަނގުރޫޓުވުމަށް ފަހު އެ ގައުމު ހާލަތު އަދިވެސް އޮތީ ދެރަވަރުގަ އެވެ. އެ ގައުމުގައި މުޒާހަރާތައް ކުރާއިރު މިދިއަ ހަފުތާއިން ފެށިގެން މުޒާހަރާކޮށް އޭގެ ތެރެއިން ބަޣާވާތެއް ކޮށްފާނެ ކަމަށް ބަލައި ވެރިރަށް ކޮލަމްބޯގައި ވަނީ ސަލާމާތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.