ކޮޅިގަނޑެއްގައި ކުޑަހުވަދޫ ދެގެއެއްގެ ފުރާޅު އެއްލާލައިފި

މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ އެވެ.

ފުރާޅު އެއްލާލީ އެއް ގޭގެ ފުރާޅު އަލުން އެޅުމުގެ މަސައްކަތް ސިފައިން ކުރަނީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގެ ތެރެއިން އައި ކޮޅިގަނޑެއްގައި ޖެހި ދ. ކުޑަހުވަދޫ، ދެ ގެއެއް ފުރާޅު އެއްލާލައިފި އެވެ. އެ ރަށޫގައި ރޭ ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. 

ކުޑަހުވަދުއަށް ޖެހުނު ބާރުގަދަ ކޮޅިގަނޑުގެ ތެރޭގައި އެއްލާލާފައި ވަނީ އެ ރަށު އުނިމާގޭ ފުރާޅާއި ޝަބްނަމީގޭގެ ފުރާޅެވެ. އެއީ ޖެހި ޖެހިގެން ހުންނަ ދެގެއެކެވެ. އޭގެ ތެރޭގައި އެއްގޭގައި ދިރިއުޅެމުން އައީ ހާއްސަ އެހީއަށް ބޭނުންވާ ދެ މީހެކެވެ. 

ދެ ގޭގެ ފުރާޅު އެއްލާލިއިރު އެ ދެ ގޭގައި ވެސް މީހުން ނިދާފައި ތިއްބެވެ. އެ ދެގެއިން މީހަކަށް ގެއްލު ނުވި ނަމަވެސް ދެ ގެއިން ވެސް ހިފާ ގެންގުޅޭ ސާމާނާއި ދިރިއުޅެން ބޭނުން ކުރަމުން އައި ބައެއް ތަކެތި ވަނީ ހަލާކުވެފަ އެވެ. 

ރޭ ދަންވަރުގެ ވަގުތެއްގައި ގަދަ ވަޔާއެކު އެއްލާލާފައިވާއިރު، ފުރާޅު އަލުން އެޅުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އާއި ކުޑަހުވަދޫ ޕޯސްޓްގެ ސިފައިން ދަނީ ކުރަމުންނެވެ. 

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ އެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.