އިންތިހާއަށް ޑެންގީ އިތުރުވެ ލަންކާ ހުމާ ފިހެނީ

ކޮލަމްބޯ އަކީ ދިވެހިން ވަރަށް ގިނައިން ގޮސް އުޅޭ އަދި ދިވެހިންގެ ބޮޑު އާބާދީއެއް ދިރިއުޅޭ ސިޓީއެކެވެ. މުޅި ލަންކާގައި ދިވެހިންގެ 16،000 އަށް ވުރެ ގިނަ މީހުން އުޅެ އެވެ.

ލަންކާގައި ޑެންގީގެ މައްސަލަ ބޮޑުވެގެން ފޮގް ސްޕްރޭ ޖަހަނީ: ޑެންގީގެ ހާލަތު ވަނީ ގޯސްވެފައި

އަވަށްޓެރި ސްރީލަންގައި ޑެންގީ ހުން ހަލުއި މިނުގައި އިންތިހާއަށް ފެތުރެމުން އެބަދެ އެވެ. ލަންކާގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓް (އެންޑީސީޔޫ) އިން ބުނީ މި މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި އެކަނި ވެސް ޑެންގީ ހުން ޖެހިގެން ގާތްގަނޑަކަށް 4،000 ނޮވެލް ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 

އަދި ބުނެފައި ވަނީ މުޅި ލަންކާގައި ޑެންގީ ފެތުރޭލެ ހަލުއި ކަމުން އާންމު ބަލިމަޑުކަމެއް ކުރިމަތި ވެދާނެ ކަމުގެ ކަންބޮޑުވުންތަކެއް މުޅި ލަންކާގައި އުފެދިފައި އެބައޮތް ކަމަށެވެ.

ލަންކާގައި މި އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމްލަ 33،656 ޑެންގީ ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް އެންޑީސީޔޫއިން ވަނީ ހާމަ ކޮށްފައި ވެއެވެ. އަދި މިހާތަނަށް ޑެންގީ ޖެހިގެން 20 މީހަކު މަރުވެފައި ވެއެވެ. އެ ޔުނިޓުން ބުނީ މިހާރު ކުރިމަތިވެފައިވާ މޫސުން ގޯސްވުމުގެ ދުވަސްތަކުގެ ސަބަބުން މަދިރި އާލާވުން އިތުރުވެ ޑެންގީގެ ބިރު ބޮޑުވެ އިތުރަށް ހާލަތު ގޯސްވުމުގެ ފުރުސަތުވެސް ވަރަށް ބޮޑު ކަމަށެވެ.

މި ހިނގާ މެއި މަހުގެ ފުރަތަމަ ހަފުތާގައި އެއްކުރި މަޢުލޫމާތަށް ބަލާއިރު ވެސް 1،954 ޑެންގީ ކޭސް ރިޕޯޓް ކޮށްފައިވާއިރު، 51.7 ޕަސެންޓް ރިޕޯޓް ކޮށްފައިވަނީ ހުޅަނގު ޕްރޮވިންސު ތަކުންނެވެ. އެންމެ ގިނަ ޑެންގީ ހުމުގެ ކޭސް ފެނިފައި ވަނީ ގަމްޕަހާއިންނެވެ. އެ ޕްރޮވިންސުގައި 475 މީހުނަށް ޑެންގީ ޖެހިފައިވާއިރު ވެރިރަށް ކޮލަމްބޯގައި 412 މީހުންނަށް މި މަހު ޑެންގީ ޖެހިފައި ވެއެވެ. 

ކޮލަމްބޯ އަކީ ދިވެހިން ވަރަށް ގިނައިން ގޮސް އުޅޭ އަދި ދިވެހިންގެ ބޮޑު އާބާދީއެއް ދިރިއުޅޭ ސިޓީއެކެވެ. މުޅި ލަންކާގައި ދިވެހިންގެ 16،000 އަށް ވުރެ ގިނަ މީހުން އުޅެ އެވެ.

ހާލަތު އެންމެ ގޯހީ - ލަންކާގައި ރިޕޯޓް ކުރަމުންދޭ ޑެންގީ ކޭސްތަކުގެ އަދަދަށް ބަލައި އެންޑީސީޔޫއިން ވަނީ ހައި ރިސްކް ބައެއް ސަރަހައްދުތައް ދެނެގަނެފަ އެވެ. އޭގެ ތެރޭގައި ކޮލަމްބޯ މުނިސިޕަލް ކައުންސިލްގެ އިހްތިސޯސް ހިނގާ ގޮތަޓޫވާ އާއި ޕިލިޔަންޑާލާ އާއި ކަޑޫވެލާ އާއި މަހާރަގަމާ އާއި ބަޓަރަމުއްލާ ހިމެނޭ އިރު ގަމްޕަހާ ޑިސްޓްރިކްޓުން ވަޓަލާ އާއި ނެގޮމްބޯ އާއި ބިޔާގަމާ އާއި ރަގަމާ އާއީ ޖާ-އެލާ ހިމނެނެ އެވެ.
ބާރު ބޮޑު ހޮސްޕިޓަލް - މިހާތަނަށް ޑެންގީ ޖެހިފައިވާ މީހުންނަށް އެންމެ ގިނައިން ފަރުވާ ދެމުންދަނީ ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލާއި ނެގޮމްބޯގެ ޑިސްޓްރިކްޓް ޖެނެރަލް ހޮސްޕިޓަލާއި އިންފެކްޝަސް ޑިޒީސް ހޮސްޕިޓަލް (އައިޑީއެޗް) އާއި ކޮލަމްބޯ ސައުތު ޓީޗިން ހޮސްޕިޓަލް (ކަލޫބޮވިލާ) އާއި ޓްރިންކޮމާލީ ޖެނެރަލްގަ އާއި ލޭޑީ ރިޖްވޭ ހޮސްޕިޓަލުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.