ބޮލަކަށް 24،000 ރުފިޔާ: މެންބަރުންގެ އިންޝުއަރެންސަށް ހުޅުވާލައިފި

މެންބަރުންގެ އިންޝުއަރެންސް އަހަރީ ލިމިޓަކީ 350،000ރ. އެވެ. މި ޕެކޭޖުގައި އާސިއާން ގައުމުތަކުގެ ތިން ހޮސްޕިޓަލަކާއި ސާކުގެ 10 ހޮސްޕިޓަލެއް ހިމެނުން ލާޒިމް ކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި -- މަޖިލިސް

ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާ އަށް އިންޝުއަރެންސް ފޯރު ކޮށްދޭނެ ބަޔަކު ހޯދަން ފަށައިފި އެވެ. މި ހިދުމަތަށް ހުޅުވާލާފައި ވަނީ ބޮލަކަށް 24،000ރ. ގެ މަގުންނެވެ. 

ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި މިހާރުގެ މެންބަރުންގެ ޑިޕެންޑެންސީން އިންޝުއަރެންސް ކޮށްދޭ އުސޫލުގައިވާ ގޮތުގެ މަތިން މިހާރު ހިދުމަތް ދޭ ކުންފުނީގެ މުއްދަތު ހަމަވާތީ އެ ހިދުމަތް އާ ކުރަން  ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން މި ހިދުމަތް މި ފަހަރު ބޭނުން ވަނީ ދެ އަހަރަށެވެ. 

އިންޝުއަރެންސް ބޭނުންވާ މުއްދަތަކީ މިހާރު ހިނގާ 19 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އަނބިން / ފިރިންގެ އިތުރުން 18 އަހަރު ނުފުރޭ ކުދިންނަށް  29 ޖޫން 2023 އިން މެއި 27، 2024 ގެ ނިޔަލަށެވެ. އަދި އަންނަ 20 ވަނަ މަޖިލީހުގެ މެންބަރުންނާއި އަނބިން / ފިރިންގެ އިތުރުން 18 އަހަރު ނުފުރޭ ކުދިންނަށް 28 ، ޖޫން 2024 އިން މެއި27، 2025 ގެ ނިޔަލަށެވެ. 

ހިދުމަތުގެ އަގުތަކާއި ހިދުމަތުގެ ފެންވަރު

  •  އަހަރަކު އިންޝުއަރެންސް ނެގޭ މަތީ ލިމިޓް 350،000ރ.
  •  އެނައުލް ޕްރިމިއަމް ބޮލަކަށް ޖެހޭ މިންވަރު 24،000ރ.
  •  ސްރީލަންކާ އިންޑިއާގެ ކޮންމެ ގައުމެއްގެ ފެންވަރުމަތީ 10 ހޮސްޕިޓަލް
  •  އާސިއާންގެ މެލޭޝިއާ ތައިލެންޑް ސިންގަޕޫރުގެ ފެންވަރުމަތީ ތިން ހޮސްޕިޓަލް
  •  މެލޭޝިއާ ސަންވޭ މެޑިކަލް ސެންޓަރު ހިމެނޭ ގޮތަށް ތިން ހޮސްޕިޓަލް
  •  ކޮޓަރި ހުރުމާއި ކެއުން 90 ދުވަހަށް، ދުވާލަކު 3،000ރ ގެ ރޭޓުން
  •  ބޭރުގައި އެޑްމިޓް ކުރުމުން ކޭޝް ބެނިފިޓް 1،000ރ.
  •  ބޭރުގައި އައުޓްޕޭޝަންޓް ބެނެފިޓް ދުވާލަކު 5،000ރ.
  •  އަލަށް އުފަންވާ ކުދިންގެ ނިއުބޯން ހަރަދު 25،000ރ.
  •  އައިނު ކޮންޓްރެކް ލެންސުގެ ހަރަދު 3،000ރ.
  •  މެޑޮކަލް ޗެކަޕް ހަރަދު 5،000ރ.
  •  އޯވަލޯޑް އައުޓް ޕޭޝަންޓް 150،000ރ.

މަޖިލީސް މެންބަރުންގެ އިންޝުއަރެންސް ޝަރުތުތަކުގައިވާ ގޮތުން ސިންގަޕޫރުގެ މައުންޓް އެލިޒަބަތް ހޮސްޕިޓަލް އަދި ރަފްލްސް ހޮސްޕިޓަލް ހިމެނެން ޖެހެ އެވެ. މީގެ އިތުރުން މެލޭޝިއާގެ ސަންވޭ މެޑިކަލް ސެންޓަރު ވެސް ހިމެނުން ލާޒިމް ކޮށްފައި ވެ އެވެ. އޭގެ އިތުރަށް ވެސް ފަރުވާ އަށް ދާ ގިނަ ހަރަދުތައް މި އިންޝުއަރެންސް ހިދުމަތުން ކަވަރު ކުރުން ލާޒިމް ކޮށް  އެޑްމިޓް ނުކޮށް ދެވޭ ފިޒިއުތެރަޕީ ފަރުވާވެސް ހިމަނާފައި ވެއެވެ.

މި އަދަދުން ބަލާނަމަ މިހާރު ތިއްބަވާ 87 މަޖިލީސް މެންބަރުންގެ ފުލް އިންޝުއަރެންސް ލިމިޓު ނަގައިފިނަމަ 30 މިލިއަން ރުފިޔާ އަހަރަކު ދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.