މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ. މެޓުން އޮފީހުން ވަނީ މިރޭ މެންދަމު 2:00 ހަމައަށް ހއ އިން ފެށިގެން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ. މެޓުން އޮފީހުން ވަނީ މިރޭ މެންދަމު 2:00 ހަމައަށް ހއ އިން ފެށިގެން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ. މި ވަގުތުތަކުގައި ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަަމަށް ވަނީ ލަފާކޮށްފައެވެ.
އަދި 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އޭގެ ފަހުން މެޓް އޮފީހުން ވަނީ ކ އަތޮޅުން މ އަތޮޅަށް އެލާޓް ނެރެފައިވާ ވަގުތު އިތުރުކޮށްފައެވެ. އެ އަތޮޅުތަކަށް އެލާޓް އިތުރުކޮށްފައި ވަނީ މެންދަމު 3:30 ގެ ނިޔަލަށެވެ. މެޓުން ބުނި ގޮތުގައި މި އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުމަތީގެ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ދޯންޏެއް ގެއްލިގެން ހޯދަމުން ދަނިކޮށް އޭގައި ތިބި މީހުން ފެނުނީ ކަނޑުވެފައި ވަނިކޮށެވެ. ދޯނި ވަނީ އަޑިއަށް ގޮސްފައެވެ.