ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށްފައި ވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އެ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަގައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާ ދިން މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.
ޒަރީރަށް ހަމަލާ ދީފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ކެފޭއެއްގެ ތެރެއިންނެވެ. ފުލުހުން ބުނިގޮތުގައި "ހަބީބީ ކެފޭ އެންޑް ބިސްޓްރޯ" ތެރޭގައި މެންބަރު ޒަރީރަށް ނުރައްކާތެރި ހަތިޔާރަކުން ހަމަލާދީފައި ވެއެވެ. އަދި އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައީ އެރޭ ފަތިހު 5:08 ގައެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށްފައި ވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އެ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަގައިފަ އެވެ.
މޫނު ނިވާ ކުރުމަކާ ވެސް ނުލައި މެންބަރުގެ ކުރިމައްޗަށް އަރައި އެރޭ ފުރަތަމަ ހަމަލާ ދީފައި ވަނީ އަތް އިސްކޮށްގެނެވެ. އޭގެ ފަހުން ސިކުނޑިއާ ދިމާވާ ގޮތަށް އޭނާގެ ބޮލުގެ ފުއްކިބައިގައި މަރުތޭލަކުން ޖަހައިގެނެވެ. އެ ހަމަލައަށް ފަހު ޒަރީރުގެ ހަށިގަނޑުގެ އެތަން މިތަނުގައި ތަޅައި އަނިޔާ ކޮށްފައި ނުކުމެގެން ދިޔައީ އެވެ.
ޒަރީރަށް އެފަދަ ހަމަލާއެއް ދިނީ ކޮން ސަބަބަކާ ގުޅިގެން، ކޮން ބައެއް ކަމެއް ވެސް ސާފު ވެފައެއް ނުވެއެވެ.
މަޖިލީހުގައި ވަރަށް ގިނައިން ވާހަކަފުޅު ދެއްކެވި ނަމަވެސް ޒަރީރަކީ ވަރަށް މަޑުމައިތިރު ބޭފުޅެކެވެ. އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީން ވަނީ އެ ހަމަލާ ކުށްވެރިކޮށް. ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށް ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންދަން ގޮވާލާފަ އެވެ.