އޭނާ މާލޭގައި ހުރި ކަމަށް އާއިލާއަށް ގުޅާފައި ބުނެފައިވާ ކަމަށްވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި ޏ. ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ހަސަން ޖަމީލް (30އ) ހަބަރެއް ނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އާއިލާއިން ފުލުހުންގެ ސަމާލު ކަމަށް އެކަން ގެނައީ މެއި ނުވަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އޭނާ އެންމެ ފަހުން އާއިލާއަށް ހަބަރެއް ވެފައިވަނީ އޭގެ ދެ ދުވަސް ކުރީން މެއި ހަތް ވަނަ ދުވަހު ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ. އަދި އޭނާ މާލޭގައި ހުރި ކަމަށް އާއިލާއަށް ގުޅާފައި ބުނެފައިވާ ކަމަށްވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބަނީ ޖަމީލްގެ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ އެކަން ހިއްސާކޮށް ދިނުމަށް އެދިފައެވެ.