މި ހާދިސާ ހިނގި އިރު ކުރިންސުރެ ލޯރެންސް ބިޝްނޯއީ ގޭންގުން ސަލްމާން ހާނަށް މަރުގެ އިންޒާރުތައް ދެމުންދާތީ ފުލުހުން ގެންދަނީ ސަލްމާނަށް ސެކިއުރިޓީ ދެމުންނެވެ.
ބޮލީވުޑްގެ ތަރި ސަލްމާން ހާން މަރާލާނެ ކަމުގެ އިންޒާރެއް ދީ އީމެއިލް ފޮނުވީ ކިޔަވާ ކުއްޖަކު ކަމަށާއި އެއީ ގޭންގަކުން ކުރި ކަމެއް ނޫން ކަމަށް އިންޑިއާ ފުލުހުން ބުނެފި އެވެ.
އިންޑިއާގެ ނޫސްތަކުން ފުލުހާ ހަވާލާދީ ބުނެފައިވާ ގޮތުގައި އިނގިރޭސި ވިލާތުގައި މެޑިސިން ކިޔަވާ ހަރިޔާނާ ސްޓޭޓްގެ ދަރިވަރަކު އެ އަމަލު ހިންގީ ގޭންގްސްޓާރެއް ކަމަށްވާ ލޯރެންސް ބިޝްނޯއީގެ ބައިވެރިއެއް ކަމަށްވާ ގޯލްޑީގެ ނަމުގައި އީމެއިލެއް ފޮނުވައިގެނެވެ.
ފުލުހުންގެ ތަހުގީގަށް އެގުނު ގޮތުގައި ދަރިވަރު އެ އީމެއިލްތައް ފޮނުވާފައި ވަނީ އިނގިރޭސިވިލާތުގައި ހުރެ އެވެ. މިހާރު ދަރިވަރުގެ ގައުމަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާ ހިނގި އިރު ކުރިންސުރެ ލޯރެންސް ބިޝްނޯއީ ގޭންގުން ސަލްމާން ހާނަށް މަރުގެ އިންޒާރުތައް ދެމުންދާތީ ފުލުހުން ގެންދަނީ ސަލްމާނަށް ސެކިއުރިޓީ ދެމުންނެވެ.