މިދިޔަ މަހު ގްރީން ފަންޑަށް 100 މިލިއަން ލިބިގެން ބާކީވީ 27 މިލިއަން

މިދިޔަ މަހު މި ފަންޑުން 77 މިލިއަން ހަރަދު ކޮށްފައިވެ އެވެ. ތިން މަހު މި ފަންޑުން ހަރަދު ކުރަން ނެގި ފައިސާގެ އަދަދު 218 މިލިއަން ރުފިޔާއަށް އަރަ އެވެ. މި ފަންޑަކީ ސަރުކާރު ބޭނުން ގޮތަކަށް ހަރަދު ކުރެވޭ ފަންޑެކެވެ.

ރަށެއްގެ ބަނދަރު ހަދަން ބޮޑު ހިލަ އުފުލަނީ: ޕީއެސްއައިޕީގައި ހިމެނޭ މަޝްރޫއުތަކަށްވެސް ގްރީން ފަންޑުން ހޭދަ ކުރޭ -- އެމްޓީސީސީ

ކުނީގެ މައްސަލަ ހައްލު ކުރަން ނަގަން ފެށި ގްރީން ޓެކްސް ޖަމާވާ ގްރީން ފަންޑަށް މިދިޔަ މާރިޗު މަހު ޖުމްލަ ލިބުނީ 105 މިލިއަން ރުފިޔާ އެވެ. މިދިޔަ މަހު 77 މިލިއަން ރުފިޔާ ފަންޑުން ހަރަދު ކުރުމުން ބާކީ މިދިޔަ މަހު ހުރީ 27 މިލިއަން ރުފިޔާ އެވެ. މިދިޔަ މަހު އެންމެ ބޮޑު ހޭދައެއްއް ކޮށްފައިވަނީ އއ. ރަސްދޫގައި ހިންގި މަޝްރޫއަކަށެވެ.

ސަރުކާރުން ބޭނުން ގޮތަކަށް ހަރަދު ކުރެވޭ ގޮތަށް ޑިޒައިންކޮށްފައި އޮންނަ ގްރީން ޓެކުހުގެ އާމްދަނީ ޖަމާވާ ގްރީން ފަންޑުގެ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ މާރިޗު މަހު އއ. ރަސްދޫގައި ހިންގި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކަށް ޖުމުލަ 13 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ މަހު ފަންޑުން އެންމެ ގިނައިން ހަރަދު ކޮށްފައި ވަނީ އައްޑޫގައި ހިނގި ކުނި މެނޭޖު ކުރުމުގެ މަޝްރޫއަކަށެވެ. މި މަޝްރޫއަށް ނުވަ މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. 

ގްރީން ފަންޑުގެ މައި ނަމްބަރުތައް

  •  ތިން މަހު ގްރީން ފަންޑަށް ލިބުނީ -- 298 މިލިއަން
  •  ތިން މަހު ގްރީން ފަންޑުން ހަރަދު ކުރީ -- 218 މިލިއަން
  •  ފަންޑުގައި ބާކީ ހުރީ -- 854 މިލިއަން

މިދިޔަ މަހު ގްރީން ފަންޑަށް ރިސޯޓުތަކުން 95 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި ހޮޓާތަކުން 1.5 މިލިއަން ލިބުނުއިރު ގެސްޓްހައުސްތަކުން ހަ މިލިއަން ރުފިޔާ ލިބިފައިވެ އެވެ. 

ގްރީން ޓެކުހުގެ ފަސްފަހަތް - ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.