ސިފައިންނާއި ސިފައިންގެ މީހާގެ އާއިލާގެ މެމްބަރުން -- އަނބި / ފިރިން ދަރިން / މައިންބަފައިން ނަށް ބޭސްފަރުވާކު ރުމުގެ ކަަންކަމަކީ ވަކި ރޭންކެއް އިސްތިސްނާ ކުރުމެއް ތަފާތު ކުރުމެއް ނެތި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ފޯރުކޮށްދެވެމުން އަންނަ ހިދުމަތެއް ކަމަށެވެ.
ސިފައިންނާ ސިފައިންގެ އާއިލީ މެމްބަރުންނަށް ބޭސްފަރުވާގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ބޭރުން އެއްވެސް މީހަކަށް ސިއްހީ ހިދުމަތް ފޯރުކޮށް ދެމުންނުގެންދާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފުން މިހެން ބުނެފައިވަނީ ޗީފް އޮފް ޑިފެންސް، އަބްދުﷲ ޝަމާލްގެ މަންމަގެ ބޭސްފަރުވާއަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އެމްއެންޑީއެފުން ހަރަދުކޮށްފައިވާ ކަަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ. އެ ފައިސާ ހަރަދުކޮށްފައި ވަނީ މިދިޔަ ތިން އަހަރުގެ ތެރޭގައި ކަމަށާ އޭޑީކޭ އިން ޝަމާލްގެ މަންމަ ފަރުވާ ހޯދިއިރު ކޮޓަރީގެ ބޭރުގައި ސިފައިން ޑިއުޓީ ކުރަން ޖެހުނު ކަމަށްވެސް ބުނެއެވެ.
އެ ވާހަކަތައް ދޮގުކޮށް އެމްއެންޑީއެފުން މިއަދު ބުނީ ސިފައިންނާއި ސިފައިންގެ މީހާގެ އާއިލާގެ މެމްބަރުން -- އަނބި / ފިރިން ދަރިން / މައިންބަފައިން ނަށް ބޭސްފަރުވާކު ރުމުގެ ކަަންކަމަކީ ވަކި ރޭންކެއް އިސްތިސްނާ ކުރުމެއް ތަފާތު ކުރުމެއް ނެތި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ފޯރުކޮށްދެވެމުން އަންނަ ހިދުމަތެއް ކަމަށެވެ.
އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި އެޑްމިޓް ކޮށްގެންދެވޭ ފަރުވާތައް ހިމެނޭ ކަމަށްވެސް ބުންޏެވެ. އަދި ސިފައިންނާ ސިފައިންގެ އާއިލީ މެމްބަރުންނަށް ބޭސްފަރުވާގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން ނުގެންދާ ކަމަށްވެސް ބުންޏެވެ.