މާމިގިލީ އުތުރު ފަރާތު ގޮނޑުދޮށުން އެ މީހުން ހުއްޓުވާ ބަލާ ފާސްކުރިއިރު 78 ފުޅި ބަނގުރާ ފެނިފައިވެއެވެ.
ފުލުސް އިންޓެލިޖެންސާއި މާމިގިލީގައި ގާއިމުވެ ތިބޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅި ތަކަކާއެކު ތިން މީހަކު ހައްޔަރު ކޮށްފި އެވެ.
މާމިގިލީގައި ބަނގުރާ ގެންގުޅޭ ކަމަށް އިންޓެލިޖެންސަށް މައުލޫމާތު ލިބިގެން މި މަހުގެ ތިން ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެކެވެ. އެ އެންމެނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
ފުލުސް އޮޕަރޭޝަންގެ ތެރެއިން މާމިގިލީ އުތުރު ފަރާތު ގޮނޑުދޮށުން އެ މީހުން ހުއްޓުވާ ބަލާ ފާސްކުރިއިރު 78 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލަ މާމިގިލީ ފުލުހުން ބަލަމުން ގެންދާއިރު ކޯޓުން އެ ތިން މީހުންގެ ބަންދަށް 10 ދުވަސް ދީފައި ވެއެވެ.