ތުހުމަތުތައް ދޮގެއް ނުކުރެވުނު، ދިނީ ރައްކާތެރިކަމުގެ ޔަގީންކަމެއް

އައިއޭއެސް އިން މިފަދަ ބަޔާނެއް ނެރެފައިވަނީ ސީޕްލޭންގެ ޕައިލެޓަކު ކޮކްޕިޓްގައި އިނދެގެން ސިގިރޭޓް ބޯ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ އަދި ސީޕްލޭން ދަތުރެެއްގައި ބޯޓްގެ އެއް އިންޖީނު ނިއްވާލި ކަމަށް ބުނެ އެ ބޯޓުން ދަތުރުކުރި ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށެވެ.

ގައުމީ އެއާލައިން -- މޯލްޑިވިއަން -- އާ ގުޅޭގޮތުން އާންމުުން ފެންމަތި ކުރުވި ތުހުމަތުތަކަށް ޖަވާބު ނުދީ ދަތުރުކުރާ މީހުނާއި ކްރޫއިންގެ ސަލާމަތަށް ވަރަށް ބޮޑު އިސްކަމެއް ދޭކަން ހާމަކޮށް އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ބަޔާނެއް ނެރެފި އެވެ.

އައިއޭއެސް އިން މިފަދަ ބަޔާނެއް ނެރެފައިވަނީ ސީޕްލޭންގެ ޕައިލެޓަކު ކޮކްޕިޓްގައި އިނދެގެން ސިނގިރޭޓް ބޯ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ އަދި ސީޕްލޭން ދަތުރެެއްގައި ބޯޓްގެ އެއް އިންޖީނު ނިއްވާލި ކަމަށް ބުނެ އެ ބޯޓުން ދަތުރުކުރި ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށެވެ.

މި ތުހުމަތުތަކާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދައްކާ އައިއޭއެސްގެ ބަޔާނުގައި ބުނެފައި ވަނީ ކުންފުނީގެ ބޯޓްތަކުން ދަތުރުކުރާ ފަސިންޖަރުންނާއި ކްރޫއިންގެ ސަލާމަތާއި ރައްކާތެރި ކަމަކީ އެންމެ އިސްކަން ދޭ ކަންކަން ކަމަށެވެ. އަދި އައިއޭއެސްއަކީ ސިވިލްއޭވިއޭޝަންގެ ގަވާއިދުތަކާއި އެއްގޮތަށް ހިންގާ ކުންފުންޏެއް ކަމުގެ ޔަގީންކަން ދީފައިވެއެވެ.

"... އަދި ފަސިންޖަރުންނާއި ކްރޫއިންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫއަރާ ފަދަ ކަމެއް ފާހަގަކުރެވިއްޖެ ހާލަތެއްގައި އެކަމެއް ތަހުގީގު ކުރެވި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވަމެވެ. އަދި މިފަދަ ކަންތައްތަކަކީ ދިވެހިރާއްޖޭގެ ސިވިލްއޭވިއޭޝަން އޮތޯރިޓީންވެސް ގާތުން ބަލަމުންދާ ކަންތައްތައްކަން މި ފުރުސަތުގައި ފާހަގަކޮށްލަމެވެ،" ތުހުމަތުތަކަށް އެއްވެސް ޖަވާބެއް ނުދީ އައިއޭއެސް އިން ނެރުނު ބަޔާނުގައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.