އެސްޓީއޯގެ ކާޑު ގުދަތަކުން މީހުނަށް އަނިޔާވި މައްސަލަތަކެއް މީގެ ކުރީން އެއްވެސް ވަރަކަށް ފާހަގަ ކުރެވިފައެއް ނެތެވެ.
އެސްޓީއޯގެ ފުށް ގުދަނެއްގައި ހުރި ފުށް ބަސްތާތަކެއް ފުރޮޅާލައިގެން ވެއްޓި ދެމީހަކަށް އަނިޔާ ވެއްޖެ އެވެ.
އެސްޓީއޯއިން ބުނެފައިވާ ގޮތުގައި ކާޑު ގުދަނުގައި ޖަހާފައިވާ ފުށްބަސްތަކުން ބަސްތާކެއް ފުރޮޅާލައިގެން ވެއްޓި ޖެހިގެން އަނިޔާވި ދެ މީހަކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީވާ ކަމަށެވެ. ވެއްޓުނު ބާސްތާތަކުން ޖެހިގެން އެކެއްގެ ނޭފަތުން ލޭ އައި ނަމަވެސް މިހާތަނަށް ސީރިއަސް އަނިޔާއެއް ނެތް ކަމަށެވެ. އަދި ބުނީ އިތުރު ޓެސްޓުތައް ހަދައި ހާލު ބަލަމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން މިފަދަ މައްސަލައެއް ދިމާވުން ކުޑަ ކުރަން ގުދަން ކުރެވޭ ބަސްތާތައް ޕެލެޓު މަތީގައި ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ކާޑު ބަސްތާއް ޕެލެޓައިޒް ކުރުމުގެ މަސައްކަތް ކުރެ އެވެ.
އެސްޓީއޯގެ ކާޑު ގުދަތަކުން މީހަކަށް އަނިޔާވި ކަން މީގެ ކުރީން ފާހަގަ ކުރެވިފައެއް ނެތެވެ.