"ޑިމޮކްރަސީ މިނާ ހުރިހާ މިންގަނޑެއްގައި ރާއްޖޭ ފަހަތަށް ސޮއްސަލައިފި"

އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވެފައިވާ ގޮތުގައި މައުލޫމާތު ހޯދަން އެދޭ މިންވަރު އިތުރު ނަމަވެސް އެ މިންވަރު އިތުރުވިވަރާ އަޅާބަލާއިރު މައުލޫމާތު ހާމަ ނުކުރުމުގެ މައްސަލަަތައް ބޮޑުތަނުން އިތުރުވެފައިވެ އެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު

ޑިމޮކްރަސީ މިނަން ބޭނުން ކުރާ ހުރިހާ މިންގަނޑެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާއެކު ރާއްޖެ ފަހަތަށް ސޮއްސާލާފައިވާ ކަމަށް ސަރުކާރާ ދެކޮޅުވެ އަބަދު ސަރުކާރަށް ފާޑު ވިދާޅުވާ އެމްޑީޕީގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅު ވެއްޖެ އެވެ.  

ވައްޑޭ އަކީ އެމްޑީޕީގެ ދެ ފެކްޝަނުގެ ތެރެއިން ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" (އެފްޑީ) އަށް ނިސްބަތްވެ ވަޑައިގަނަންވާ އަދި ފަހަކަށް އައިސް ރައީސް ސޯލިހުގެ ސަރުކާރަށް އެންމެ ގިނައިން ފާޑު ވިދާޅުވާ އެއް މެންބަރެވެ.

އޭނާގެ މި ފާޑު ވިދާޅުވުން އައީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި "ނޫސްވެރިންގެ ސައްލާ" ގައި މައުލޫމާތު ހާމަނު ކުރުމުގެ ޝަކުވާ އިތުރުވެފައިވާކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވުމާ ގުޅިގެނެވެ.

ވައްޑޭ ވިދާޅުވީ އެމްޑީޕީން "ހެޔޮވެރިކަން" މާނަ ކުރީ ޑިމޮކްރެޓިކް ވެރިކަމެއް ހިންގަން ކަމަށެވެ. ނަމވެސް އެމްޑީޕީގެ ނަމުގައި އައި ރައީސް އިބްރާހީމުގެ ސަރުކާރުގެ ފަސް އަހަރު ތެރޭގައި ޑިމޮކްރެޓި ވެރިކަމެއް މިނާނެ މައިގަނޑު ހުރިހާ ރޮނގެއްގައި ރާއްޖެ ފަހަތަށް ގޮސްފައިވާ ކަމަށެވެ. 

އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވެފައިވާ ގޮތުގައި މައުލޫމާތު ހޯދަން އެދޭ މިންވަރު އިތުރު ނަމަވެސް އެ މިންވަރު އިތުރުވިވަރާ އަޅާބަލާއިރު މައުލޫމާތު ހާމަ ނުކުރުމުގެ މައްސަލަަތައް ބޮޑުތަނުން އިތުރުވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.