ކޮލަމް

ޝާޒު ވަލީދުގެ ލިޔުމެއް: ދިވެހިން ވަންނަން ޖެހެނީ ނިޒާމުގެ ތެރެއަށް

ދުބާއީގައި ކުޑަ ވިޔަފާރިއެއް ފަށާން ވެގެން އެނާ ކުޅަ ދަތުރަކަށް ފަހުގައި ވިދާޅުވި ވާހަކަތަކެކެވެ. އެ އެކުވެރިޔާ ބުނަމުން ގެންދިޔަ އެވެ:

ރާއްޖޭގައި މަަސައްކަތް ކުރާ ބިދޭސީންތަކެއް: ގަވާއިދާ ހިލާފަށް އުޅޭ ކުށްކުރާ ބިދޭސީން ޑީޕޯޓްކޮށްލަން ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި

ތަންމިނަށް އަނގަ ހުޅުވައިގެން ބާރުބާރަށް އަހަރެމެން ތަރައްގީގެ ވާހަކަ ދައްކަމު އެވެ. ގަވައިދާއި ގާނޫނުތަކުގެ ފުރިހަމަ ކަމާ ލުއި ފަސޭހަ ވާހަކަ އެބަ ބުނަމު އެވެ.

ވިޔަފާރީގެ މިނިވަންކަމާ ފައިދާގެ ވާހަކަ ދައްކަމު އެވެ. ތަރައްގީގައި ކުރިއަރައި ދިވެހީން އޮބާ ގޮސްފައި ވާކަމަށް އޮވެ އެވެ. ރާއްޖޭގެ ސިޔާސަތުތަކުގެ ހަރުދަނާ ކަމަށް ބަލައި ދުނިޔޭގެ ގައުމުތަކުން އެ މިސާލު ދިވެހިންގެ ފުށުން ހޯދައި ނަގާ ކަމަށް ދެކޭ ސިިޔާސީ މީހުންތަކެއް ވެސް އުޅެތެވެ.

                       ***

ބިދޭސީންގެ މައްސަލަ ހައްލު ނުވެއްޖެނަމަ ހުންނަވާނީ ގޭގައި ކަމައް ބޭފުޅަކު ވިދާޅުވީ އަޑެއް އަޅުގަނޑަށް އިވިފައި ވެއެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އެއްތަނަކަށް ޖަމާ ކޮއްލައި ދެންމެ ދެންމެ އެވެރިންގެ ގައުމުތަކައް ފޮނުވާލަނީ ކަމުގެ ރަނގަބީލާ އެއްކޮށް ގައުމާއި ދިވެހިންގެ ހިތަށް ފިނަކަން ލިބި އެ މަންޒަރު ބަލާން ފިސާރި އުފަލުން ހެވިފައި ވެސް ބަޔަކަށް ތިބެވުނެވެ.

އެހެން ނަމަވެސް ކަންކޮށް ނިމުނު އިރު ވެގެން ދިޔައީ ދިމާ އިދިކޮޅަށެވެ. ބިދޭސީން އިތުރު ވެގެން ދިޔައީ އެވެ. އިތުރަށް ބިދޭސީންނަށް ލިބުނީ ބޮޑު މިނިވަން ކަމެވެ. ގައުމިއްޔަތަށް އޮތް ބިރަކަށްވެ ގައުމު އިސްތިގްލާލާއި މިނިވަންކަން ހިމަވެ، މިޔަރޮއްޖަކަށް ވެގެން ދާއިރު، ނުގަވާއިދުން އުޅުނު ބިދޭސީންގެ މައްސަލަ ހައްލު ކުރާން ބޭއްވި މަހާސިންތާ ބިލާހަކަށްވެ ނިމިދިޔައީ ބިދޭސީން މޮޅު ނަގައިގެނެވެ.

                       ***

ދުވަހުގެ ދެ ދަޅައަށް އިވޭ އަޑަކީ އިންވެސްޓަރުން ރާއްޖެއާއި ބީރައްޓެހިވާ ވާހަކަ އެވެ. އެކަން އެހެން ހިނގަނީ ކީއްވެގެންތޯ ބަލައި ވިސްނައި ފިކުރެއް ކުރާނެ ބުއްދިއެއް ނެތެވެ. 

އަޅުގަނަޑުގެ ވެސް އަމިއްލަ ވަޒަން، ރާއްޖެއާ ބައެއް ފަހަރަށް ނުހަނު ދުރުގައި ހުރެ ވިސްނާލާން ލިބެ އެވެ. އެހެން ވިސްނާލެވޭ އިރު ހިތްދަތި ކަމާއެކު ހާމަވާ ހަގީގަތަކީ ގައުމުގެ މުސްތަގުބަލު ނާމާން ވަމުން ދާލެއް ހަލުއި ކަމެވެ. އެދޭ ތަރައްގީގެ ބަދަލުގައި ނޭދޭނެ ފަދައަކުން ރާއްޖެ ބަނަވެ ވަށައި ނާތަހުޒީބުތަކުން ބެދެމުން ދާތަނެވެ. 

                       ***

އަޅުގަނޑުގެ ރަހުމަތްތެެރިއެއްގެ ތަޖުރިބާއެއް އޭނާ ކިޔައި ދިން އިބާރާތުން ލިޔެލާނަމެވެ. އެއީ ދުބާއީގައި ކުޑަ ވިޔަފާރިއެއް ފަށާން ވެގެން އެނާ ކުޅަ ދަތުރަކަށް ފަހުގައި ވިދާޅުވި ވާހަކަތަކެކެވެ. އެ އެކުވެރިޔާ ބުނަމުން ގެންދިޔަ އެވެ:

ދުބާއިއަކީ ފުރިހަމައަށް ހިނގަ ހިނގާ އޮތް މެޝިނެކެވެ. އެ މެޝިން ހިނގަނީ މެޝިން އުފެއްދި ހަރުދަނާ ނިޒާމަކުންނެވެ. އެއް ގުނަވަން އަނެއް ގުނަވަނާ ލާމެހި ފުށުނާރާ ހިކުމަތްތެރިކަމާއެކު އެ މެޝިން ހިނގަމުން ދެއެވެ. 

އެކި ނަސްލުގެ އެކި ފަންތީގެ އެކި މިޒާޖުގެ އިންސާނުން އެކުވެރި ކަމާއެކު އުޅެމުން އެދަނީ މިނިވަންކަމާއި ކެތްތެރި ކަމާ އުސޫލުތަކަށް ތަބާވެގެނެވެ. އެންމެ ކުޑަމިނުން ސިމްކާޑެއް ނަގާމީހާ ވެސް މުއާސަލާތީ ކުންފުނިތަކުން ފާރިވެރިވެ ބަލަހައްޓާއިރު އެ ސިމްކާޑް ގެ ވެރިޔާއަށް ވެސް މަޖުބޫރު ވަނީ ނިޒާމު ތެރޭ ކެއްތެރި ކަމާއެކު އުސޫލުތަކައް ތަބާވެގެން އުޅޭށެވެ. 

ސިމްކާޑެއް ނަގާނަމަ ޕާސްޕޯޓެވެ. ނުވަތަ ނުވަތަ ކާކު ކޮންތާކު ކީއްކުރާ މީހެއްކަން އަންގައިދޭ ރަސްމީ ކާޑެކެވެ. ގަވާއިދަށް ފެތެން މީހާއަށް މަޖްބޫރު ވެއެވެ. ކާކުކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެ ދިއުމުން އެ މީހަކަށް މަޖްބޫރު ވަނީ ސިމްކާޑު ހިފައިގެން އެންމެ ކައިރީން ފޯނުގެ ހިދުމަތް ދޭ ތަނަަކަށް ވަދެ އަލުން ސިމް ރަޖިސްޓަރީ ކުރާށެވެ. މީހަކަށް ގިނަވެގެން ހެދެނީ ދެ ސިމްކާޑަށް ވާއިރު އެ މީހާއަކީ ކާކު ކަން މުއައްސަސާތަކައް ރަނގަޅަށް އެނގެ އެވެ. ދިވެހިން މިއަދު ވިސްނާންވީ މި ނިޒާމަށަށް ނޫން ހެއްޔެވެ؟ 

އެޑިޓަރުގެ ނޯޓް - މި ލިޔުމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ވަރަށް މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު ޝާޒް ވަލީދު އޭނާ އަމިއްލަފުޅަށް ލިޔުއްވާފައިވާ ކޮލަމެކެވެ. ހަޔާތުގެ ބޮޑު ބައި ވިޔަފާރިއަށް ހާއްސަ ކުރައްވައިގެން އުޅުއްވެވި ނަމަވެސް ރާއްޖޭގެ ކަންކަމާބެހޭ ގޮތުން ހޯދައި ބަލައި ދިރާސާ ކުރެއްވުމާއި ހިންގާ އަދި ހިނގާ ކަންކަމަށާއި ސިޔާސަތުތަކުގައި ހުންނަ މައްސަލަތަކަށް ފާޑުކިޔައި ލިޔުއްވުމަކީ ޝާޒު ކުރިންސުރެ ކުރައްވާ ކަމެކެވެ.

ކޮމެންޓް

2
450
މުހަައްމާ ކަލޯ
1 year ago

ދުބާއީ ގައި ، އަޅުގަނޑުވެސް ހުރީމެވެ، ކަލޯގަޔާ މުޅިތާގައި ، ހަންފަތުރަމުން ދިޔައީ އިންޑިޔާ މީހުން، މޯލްޑިވް ސުޓޭންޑު ހިސޯރުކޮށްފައި އޮތީ ހުސް އިންޑިާ މީހުން، ޓާ ޓާ ބައި ކަހަލަ މީހުން، ދިވެހިން ތިބީ ބާކީ ވެފާ !

ނައިލް
1 year ago

ޝާޒުގެ ލިޔުންތައް ވަރަށް ކަމުގޮސްފި އަޅުގަނޑަށް، ކުރީން ހީކުރެވިފައި އޮތީ ހަމައެނި ޓޫރިސްޓު ވިޔަފާރި ކުރައްވަ ނީ ކަމަށް މިހާރު އެބަ އެނގޭ ގައުމާ މެދުވެސް ފިކުރު ކުރައްވާކަން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.