ކޭޕާކް މައްސަލަ: އާބަންކޯއިން މައްސަލަ ފުލުހަށް، މަންޑޭގެ ޕާސްޕޯޓް ހިފަހައްޓައިފި

މި މައްސަލާގައި މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓިކަން އިމިގްރޭޝަން ކޮންޓްރޯލަރު ޔަގީންކޮށްދެ އެވެ.

ކޭޕާކް ރެސިޑެންސް

ހަންބޯ މޯލްޑިވްސް ކުންފުނިން ހުޅުމާލޭގައި ހަދަމުން ގެންދާ "ކޭޕާކް ރެސިޑެންސް" ޕްރޮޖެކްޓްގެ މައިނޯރިޓީ ހިއްސާދާރުން، އެޕާޓްމެންޓްތަކެއް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތް ހަދައި ބޮޑެތި އަދަދު ތަކުން ފައިސާ ނަގާފައިވާ ކަމަށް ބުނާ މައްސަލަ އާބަންކޯއިން ވެސް ފުލުހަށް ހުށަހަޅައިފި އެވެ.

ކުރީގެ ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މިހާރުގެ އާބަންކޯ ކުންފުނިން މީޑިިއާތަކަށް ފޮނުވި މެސެޖެއްގައިވާ ގޮތުން  އެޕާޓްމެންޓްތަކެއް ވިއްކުމުގައި ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ހަންބޯ ކުންފުނިން އެ މައްސަލަ އެ ކުންފުންޏަށް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ. 

ކޭޕާކް ޕްރޮޖެކްޓްގެ މައިނޯރިޓީ ހިއްސާދަރަކީ ރާއްޖޭގެ ހަސަން މަމްދޫހް (މަންޑޭ) އެވެ. 

މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓުން

މި މައްސަލަ ފެންމަތިވުމާއެކު ތަހުގީގު ކުރިއަށްދާތީ ފުލުހުންގެ އެދުމަތިން ބޯޓު އަމުރަށް މަންޑޭގެ ޕާސްޕޯޓް ހިފައްޓާފައިވެ އެވެ. 

ކޭ-ޕާކް ހިންގަން އާބަންކޯ އިން އެއްބަސްވުން އޮކްޓޯބަރު 9، 2016 ގައި ހަދާފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ޓެކް އާ އެކުގަ އެވެ. ހަންބޯ ކޮމްޕެނީއަކީ މަޝްރޫއު ހިންގައި މާކެޓް ކުރުން ފަދަ ކަންކަމާ ރާއްޖޭން ހަވާލުވި ކުންފުންޏެވެ. މި މައްސަލާގައި ފުރަތަމަ ފުލުހަށް ދިޔައީ ހަންބޯގެ ރާއްޖޭ ކުންފުނީގެ މައި ހިއްސާދާރު އަދި ކޮންޓްރެކްޓަރު ޖިން އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.