ހުޅަނގު މޫސުން ފެށިއްޖެ، ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް

އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަ ވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މޫސުން ގޯސް، ކަނޑުގަދަ ދުވަހެއް: ރާއްޖެއަށް މިހާރު ވަނީ ހުޅަނގު މޫސުން ފެށިފައި --

ރާއްޖެއަށް ހުޅަނގު މޫސުން ފެށި، ކުރިއަށް އޮތް ދުވަސްތައް ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ބުނެފައި ވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން މިއަދުން ފެށިގެން ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު މެދުރާއްޖެތެރެ އާއި ދެކުނުގެ ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ.

އެގޮތުން ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަ ވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މިދުވަސްތަކުގައި ބައެއް ރަށްތަކަށް އެދަ އެރުން ވެސް އެކަށީގެންވެ އެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ ގާތްގަނޑަކަށް ޖެނުވަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި ފެންނަން ފަށާނީ މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާ އެވެ. އެންމެ ފުރަތަމަ ހުޅަނގު މޫސުމުގެ އަސަރު ކުރަން ފަށާނީ ދެކުނުގެ އަތޮޅުތަކަށެވެ. އޭގެ ފަހުން މެދުރާއްޖެތެއަށް ފޯރައި، މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދެ އެވެ.

"މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައި ވަނީ މޭމަހުގެ ތިން ވަނަ ދުވަހު. މެދުރާއްޖެތެރެއަށް ފެށިފައި ވަނީ މޭ މަހުގެ ހަތަރު ވަނަ ދުވަހު،" މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން އެކި ސަރަހައްދުތަކަށް މޫސުމީ އިންޒާރުތައް ނެރެމުން އަންނައިރު، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. ހާއްސަގޮތެއްގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފަ އެވެ.

ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެމުންނެވެ. މާލެޔާއެކު ބައެއް ރަށްރަށުގައި ފެންބޮޑުވެ، ސިފައިން ނިކުމެ ފެންހިންދަން ވަނީ ފަށާފަ އެވެ. މާލޭގައި ވެސް ފެންބޮޑުވުމުގެ ސަބަބުން މިއަދު ހެނދުނު ވަނީ ޕަމްޕްކޮށްގެން ފެން ހިންދާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.