އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި މި އަހަރު ތެރޭ ފަލަސްތީނުން މަރާފައިވާ މީހުންގެ އަދަދު މިހާރު 100 އިން މަތި ވެފައި ވެއެވެ.
އިޒްރޭލުން އަރައި ހިފައި ބްލޮކޭޑެއްގެ ހަދާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ސަރަހައްދެއްގެ ތެރެއަށް އިޒްރޭލުގެ ސިފައިންގެ ވަދެގެނެ ހިންގާން ފަށާފައިވާ ޖަރީމާތަކުގައި ފަލަސްތީނުގެ ޒުވާނަކު މަރާލައި އިތުރު ބަޔަކު ޒަހަމް ކޮށްލައިފި އެވެ.
ހުޅަނގު އައްސޭރީގެ ބައިތްލަހަމްގައި ބަޑިޖަހައި ޒުވާނާ މަރާލި ހާދިސާއާ ގުޅިގެން ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ 16 އަހަރުގެ މުސްތޮފާ އާމިރު ސޮބާހު މަރާލީ ތަގޫއު ސަރަހައްދުގައި އޭނާ ކުރި އެއްވެސް ކުށަކާ ނުލައި ކަމަށެވެ.
އަނެއްކޮޅުން އިޒްރޭލު ސިފައިން ބުނެފައި ވަނީ ފަލަސްތީނުގެ އެ ޒުވާނަކަށް ހަމަލާ ދިނީ އެމީހުންގެ ހާއްސަ އޮޕަރޭޝަނެއް ހިނގަމުން ދަނިކޮށް ހަމަލާއަށް ވާގޮތަށް ގަލާއި ޓަޔަރު އުކުމުގެ ސަބަބުން ކަމަށެވެ.
މުސްތޮފާ އާމިރު ގަޔަށް ބަޑި ޖަހައި އޭނާ މަރައި ޝަހީދު ކޮށްލުމާއި އިތުރު ބަޔަކު ޒަހަމް ކޮށްލި އިރު މިދިއަ ހުކުރު ދުވަހު ވެސް އިޒްރޭލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ މީހަކު ހުޅަނގު އައްސޭރީގައި މަރާލާފައި ވެއެވެ. ހަމަ އެދު ވަހު އެހެން ބަޔަލު ޒަހަމް ކޮށްލާފައި ވެއެވެ.
އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި މި އަހަރު ތެރޭ ފަލަސްތީނުން މަރާފައިވާ މީހުންގެ އަދަދު މިހާރު 100 އިން މަތި ވެފައި ވެއެވެ. އޭގެ ތެރޭގައި އާންމ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ގިނަ އެވެ.