މީޑިއާ ކައުންސިލްގެ ދައުރަކީ ދެ އަހަރެވެ. އެއްވެސް މެމްބަރަކަށް ވިދިވިދިގެން ދެ އަހަރު މެމްބަރު ކަމެއް ނުކުރެވޭނެ އެވެ. މީޑިއާ ކައުންސިލްގެ އާ ދައުރެއް ފެށިފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.
އެމްއެމްސީގެ މެމްބަރު ކަމަށް މިއަދު އިންތިހާބު ކޮށްފައި ވަނީ މީޑިއާތައް ތަމްސީލު ކުރާ މެމްބަރަކާއި އާންމުންގެ ތެރެއިން ދެ މެމްބަރުންނެވެ.
މި އިންތިހާބުގައި މީޑިއާތައް ތަމްސީލުކުރުމަށް ކުރިމަތިލި ދެ ކެނޑިޑޭޓުންގެ ތެރެއިން ހޮވުނީ ޚަބަރު އޮންލައިން އިން ވާދަކުރި އަލީ އާދަމް އެވެ. އޭނާއަށް 64 ވޯޓު ލިބިފައިވެ އެވެ.
އާންމު މެމްބަރުންގެ ތެރެއިން ހޮވުނީ ފ.ބިލެތްދޫ، ބަސަރީހިޔާ، ޖައިލަމް ތައުފީގު އަދި ފ.ދަރަނބޫދޫ، ރޯޝަނީގެ، އަލީ އިސްމާއީލް އެވެ.
މީޑިއާ ކައުންސިލްގެ ދައުރަކީ ދެ އަހަރެވެ. އެއްވެސް މެމްބަރަކަށް ވިދިވިދިގެން ދެ އަހަރު މެމްބަރު ކަމެއް ނުކުރެވޭނެ އެވެ. މީޑިއާ ކައުންސިލްގެ އާ ދައުރެއް ފެށިފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.