ކޮތަޅު ޓެކުހުގެ މައްސަަލަ ބޮޑުވެ އެ ކަން ހައްލު ކުރުމަށް ޖެހިފައިވާއިރު ތިމާވެށި މިނިސްޓަރު ވިދާޅުވަނީ މާލޭގެ 250 ގެއަށް މައުލޫމާތު ދޭން ވެންނެވި ކަމަށެވެ. އަދި ރާއްޖޭގައި ކޮތަޅަށް ހޭލުންތެރި ކުރުވަން ގިނަ ހަރަކާތްތަކެއް ހިންގެވި ކަމަށެވެ.
ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފެށުމުގެ ކުރީގައި އާއްމުން ހޭލުންތެރި ކުރަން ދޮރުން ދޮރަށް ވެސް ހިނގާފައިވާނެ ކަމަށް އެންވަޔަރުމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
ކޮތަޅަކުން ދެ ރުފިޔާގެ ޓެކުހެއް ނަގަން ފެށުމާއެކު ކޮތަޅުގެ އަގު ބޮޑުވެ އާއްމުންގެ ދިރިއުޅުމަށް އަސަރުކޮށް ސަރުކާރު ޕްރެޝަރަށް ވެއްޓިފައި ވަނިކޮށް މަޖިލީހަށް ހާޒިރުކޮށް އެންވަޔަރުމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޝައުނާ ވިދާޅުވީ ކޮތަޅު ޓެކުހަށް ހޭލުންތެރި ކުރުވަން ވަރަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ދޮރުން ދޮރަށް ހިނގުމާއި މިނޫން ވެސް ގިނަ ކަންކަން ކޮށްފައިވާނެ ކަމަށެވެ.
"ވަކިން ހާއްސަކޮށް މި މާއްދާ ހިމެނިފައި ވާތީ މީރާ އާއި ވެމްކޯ ހިމެނޭ ގޮތަށް ޕްރޮގްރާމް ހިންގިން. އިންފޮމޭޝަންސް ސެޝަންތައް ވެސް ހިނގިން ސޯޝަލް މީޑިއާ ވަސީލަތް ބޭނުން ކޮށްގެން ވެސް ކެމްޕޭން ހިންގިން،" މިނިސްޓަރު ވިދާޅުވި އެވެ.
ކޮތަޅު ދެ ރުފިޔާގެ ޓެކުހެއް ނެގުމުގެ މައްސަލަ ބޮޑު ވެގެން ގޮސްފައިވަނީ ކޮތަޅު ވިއްކާ ކޮންމެ މަރުހަލާގައި ދެ ރުފިޔާގެ ޓެކުހެއް ނަގަމުން ދިއުމެވެ. މީގެ ސަބަބުން ކޮތަޅު ބޮނޑިއެއްގެ އަގު ވަނީ ބޮޑުތަނުން މަތިވެފަ އެވެ. ކޮތަޅުން ޓެކްސް ނެގި ނަމަވެސް ޕްލާސްޓިކް ކޮތަޅު ހިލޭ ލިބޭ ހާލަތްތަކެއް ވެސް ވެ އެވެ. އަދި މި ޓެކްސް ނުނަގައި ޕްލާސްޓިކް ކޮތަޅު ދީފިނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާވެސް ކުރާނެ އެވެ.
ދެތިން ރައްޓެހިންގެ ގެއަށް ދިޔައިމަ ދޮރުން ދޮރަށް ވޭތަ؟ މުޅި ފޭސްބުކާ އިންސްޓަގްރާމް އޮންނީ އިޝްތިހާރުތަކުން ފުރިފަ. އެންމެ އިޝްތިހާރެއްވެސް ނުދެކެން ކޮތަޅާ ބެހޭ.