މީޑިއާއަށް އިންވެސްޓިގޭޝަން، ފުލުހަށް ހަށިގަނޑު

ދެ ލޯބިވެރިން ވެސް ނިސްބަތް ވަނީ ފުވައްމުލަކަށެވެ. ގާތިލުގެ ހާފު ފ. ނިލަންދޫއަށް ދެއެވެ. އެ މީހުން ޝީރީން ވިލާގެ އެޕާޓްމެންޓަށް ދާން ފެށުނު ގޮތާއި އެ އެޕާޓްމަންޓްގައި އެހެން މީހަކު އުޅޭ ކަމާއި އެ ރޭގެ ގަތުލުގެ ހާދިސާއާ އާ ހަމައަށް ހުރިހާ ވާހަކައެއް ބުނެދޭ ކޮމްޕްލީޓް ފްރޮފައިލެއް ރާއްޖޭގެ ހުރިހާ ނޫސްތަކުގައި ޝާއިއުވެ ލިބެން އެބަހުއްޓެވެ. ވަރަށް އާދައިގެ "މި" ނޫސް ކަލަ ކުދި ނޫސްތަކުން ވެސް ފުދޭހައި ވެދާނެ ޕްރޮފައިލެއް ލިބެ އެވެ.

ޝިއާއު މުހައްމަދު ސައީދު: މިއަދުގެ ވަގުތެއްގައި ޖަނާޒާ ބާއްވާން ހަށިގަނޑު ފުވައްމުލަކަށް ގެންދާނެ -- މި

ހ. ޝީރީނު ވިލާއަކީ ކުރިން ވެސް ހައިރާން ކުރުވާ ގޮތަކަށް ދެ މަރެއް އައި ގެއެކެވެ؛ މި މަހުގެ ހަވަނަ ދުވަހު ހަމަ އެ ގޭގެ ނުވަ ވަނަ ބުރީގެ އެޕާޓްމަންޓެއްގައި އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު މަރާލައި ބޯ ކަނދުރާއިން ވަކިކޮށްލައި ހަތަރެސްފައި ބުރިކޮށްލާފައި ވެއެވެ. އެ ގަތުލުގައި ޝިއާއުގެ ހަށިގަނޑު ޑިސްޕޯސް ކުރުމުގެ ބޭނުމުގައި އިތުރަށް ހަށިގަނޑަށް ގެއްލުން ދީ ހަދާފައި ވެއެވެ. ޝިއާއުގެ ގަތުލަކީ ރާއްޖޭގެ ކުށުގެ ވެށީގައި އާ ފާޑެކެވެ. އަދި ޝިއާއުގެ ގާތިލަކަށްވި އޭނާގެ ލޯބިވެރިޔާ އަލީ ޝާހިލް 23، އަލީ ވެސް އެއީ ރާއްޖޭގެ ކުށުގެ ވެށީން ފެނު އާ ފާޑެއްގެ ގާތިލެކެވެ.

ހައްޔަރަށް ނެގި ޝާހިލް ލައްވާ، އޭނާ ޝިއާއުގެ ގަތުލު ހިނގި ގޮތް ޝީރީން ވިލާގައި ޑްރާމާ ކުރުވި ނަމަވެސް ފުލުހުން ޝިއާއުގެ މަރުގެ ތަހުގީގުގައި ހޯދުނުން މައުލޫމާތުން މިހާތަނަށް ފުދޭހައި މައުލޫމާތެއް ދީފައެއް ނެތެވެ. އެހެން ނަމަވެސް ރާއްޖޭގެ މީޑިއާއިން މުޅި ސްޓްރީ "މަރާ ނުލައި" ޑޮޓަކަށް ފަހު ޑޮޓެއް ގުޅުވައި ދިނުމާއެކު ޝައުގުވެރި، ހައިރާން ކުރުވާ އެތައް މައުލޫމާތު ހޯދައި ހާމަ ކުރަމުން ގެންދެ އެވެ.

ކޮނެ ހޯދައިގެން ނޫސްތަކުގައި ޝާއިއު ކޮށްފައި ހުރި ރިޕޯޓްކަށް ބަލާއިރު ޝިއާއުގެ މަރަކީ "ފަސްޓް ޑިގްރީ މާޑާ" އެކެވެ.

މިފަދަ މާޑާ ކޭސްތަކުގެ ރަނގަޅު އިންވެސްޓިގޭޝަނެއް ކުރާއިރު ވަރަށް ބޭސިކް ދެ ކަމެއް ފުރިހަމަ ވާން ޖެހެ އެވެ. އެއްކަމަކީ މީހަކު، އެހެން މީހަކު މެރި ކަމަށް ވަންޏާ އެކަމަކަށް އޮންނަންޖެހޭ ސަބަބެވެ. އަދި އެ ސަބަބު ދެނެ ގަތުމުގެ މައްޗަށް އިންވެސްޓިގޭޝަނަކުން ކުރާ ކަންކަމެވެ. ޝިއާއުގެ އިންވެސްޓިގޭޝަންގައި ފުރަތަމަ ކަމަކީ އެ މައްސަލައިގެ "އެކްޓަސް ރިއެސް" ބިނާ ކުރުމެވެ. އެކްޓަސް ރިއެސް ހޯދުމަކީ ކަން ކުރި މީހާ އާއި އޭނާގެ އަމަލް އެސްޓަބްލިޝް ކުރުމެވެ. ދެވަނަ ކަމަކީ މި މައްސަލައިގެ "މެންސް ރިއާ" ދެނެ ގަތުމެވެ. މިއީ އަމަލު ހިނގި އިރުގައި ސިކުނޑީގައި އޮތީ ކޮން ކަމެއްތޯ ނިޔަތަކީ ކޮބައިތޯ ބެލުމެވެ. ނޫނީ "މޯޓިވް" އަކީ ކޮބައިތޯ ބެލުމެވެ.

ފުލުސް އިންވެސްޓިގޭޝަންގައި ކުރަން ޖެހޭނެ ކަމަކީ އެކްޓަސް ރިއެސް އާއި މެންސް ރިއާ އަވަހަށް އެސްޓަބްލިޝް ކުރުމެވެ. މިއީ ތަހުގީގެއްގެ އެންމެ އަސާސީ ދެ ނުކުތާ އެވެ. ޝިއާއު މަރާލުމުގެ މުޅި ތަހުގީގު ކަފިލައިގެން ދާނީ މި ދެ ގޮފިގަނޑުގެ މައްޗަށެވެ.

ދެކުނުގެ ފުވައްމުލަކަށް އުފަން ޝިއާއު މަރާލި ފަހުން ނުވަ ދުވަސް ވެއްޖެ އެވެ. މިހާތަނަށް އޭނާއަކީ ލަވަޔާއި މިއުޒިކާއި ކޮފީޓް އާޓްގެ އިތުރުން މޮޑެލް ކުރުމާއި ސަގާފީ ކަންކަމާއި ކޮރިއޮގްރާފް ކުރުމާއެކު މިއުޒިކް ކޮމްޕޯސް ކުރުމުގެ ވަރަށް ބޮޑު އުންމީދެއް ކުރަމުން އައި "އޯޕަން މައިންޑެޑް" ޒުވާނެއް ކަން އެނގެނީ އެއް ނޫނެވެ. ރާއްޖޭގެ ނޫސްވެރިން ވަނީ މާޒީގެ ރޮނގުމަތީން ފެށިގެން އޭނާގެ ހަށިގަނޑު، ދެ ބޮޑީ ބޭގެއްގައި ގެންގޮސް ގަލޮޅު ސަހަރާގައި ހުންނަ ގަބުރު ރައްކާ ކުރާ ފިނިކޮށާރަށް ވެއްދުމާ ހަމައަށް ސްކެޗް ތަފުސީލް ކޮށްފަ އެވެ.

ޝިއާއު މަރާލައި ޑިސްޕޯސް ކުރުމުގެ ގޮތުން ކޮށާލާން މަސައްލަތް ކުރި ޝާހިލްއަކީ ކޮން ރަށެއްގެ ކާކުގެ ކާކުކަން ސާފުކޮށް ބުނެ ދިނީ ނޫސްތަކުނެވެ. މޮޅު ސްކޭޓަރެއް ކަމާއި ރާއްޖެއާއި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވަނަ ހޯދާފައިވާ ކަމާއި މަސްތުވާތަކެތީގައި ޖެހިފައިވުމާއި ހަގު އުމުރުގައި ދިމާވި އެކްސިޑެންޓަކަށް ފަހު އިންތިހާއަށް ރުޅި ގަދަވުމާއެކު ނަފުސާނީ މައްސަލަތަކެއް ހުންނަންކަން ހާމަ ކުރީ ނޫސްތަކުންނެވެ. ވަޔަލަންޓެ މާޒީއެއް އޮތްކަން އެނގެނީ ޝާއިއުވެފައިވާ ނޫސް ރިޕޯޓްތަކުންނެވެ. ޝިއާއު މަރާލީ ގޮތާއި އެރޭ ކަންކަން ހިނގައި ދިޔަ ގޮތާއި ކުރި ޒުވާބާއި އިވުނު އަޑުތައް ނޫސްވެރިން ކިޔައިދީފި އެވެ.

ޝިއާއު މާރާލުމަށް ފަހު އުޅުނު ގޮތާއި ފުލުސް އެ ގެއަށް ގޮސް އޭނާ ހައްޔަރަށް ނަގަން ދެން ކަން ކުރި ގޮތް ވެސް އަދި ފަހު ވަގުތު ފޯނުކޯލެއް ކުރި ހިސާބަށް ވެސް ނޫސްވެރިން ހޯދާފައި ވެ އެވެ. ވަކި ދިމާއަކުން ހިޓްވާ ފޯނެއް ނިއްވާލައިވާ ކަމާއި އެކަންކަން ބަލަން ފުލުސް މަސައްކަތް ކުރާ ވާހަކަތައް ވެސް ކިޔައިދެ އެވެ.

މި ދެ ޒުވާނުން / ދެ ލޯބިވެރިން ވެސް ނިސްބަތް ވަނީ ފުވައްމުލަކަށެވެ. ގާތިލުގެ ހާފު ފ. ނިލަންދޫއަށް ދެއެވެ. އެ މީހުން ޝީރީން ވިލާގެ އެޕާޓްމެންޓަށް ދާން ފެށުނު ގޮތާއި އެ އެޕާޓްމަންޓްގައި އެހެން މީހަކު އުޅޭ ކަމާއި އެ ރޭގެ ގަތުލުގެ ހާދިސާއާ އާ ހަމައަށް ހުރިހާ ވާހަކައެއް ބުނެދޭ ކޮމްޕްލީޓް ފްރޮފައިލެއް ރާއްޖޭގެ ހުރިހާ ނޫސްތަކުގައި ޝާއިއުވެ ލިބެން އެބަހުއްޓެވެ. ވަރަށް އާދައިގެ "މި" ނޫސް ކަލަ ކުދި ނޫސްތަކުން ވެސް ފުދޭހައި ވެދާނެ ޕްރޮފައިލެއް އެބަ ލިބެ އެވެ.

އެހެން ނަމަވެސް މަރަށް ފަހު މިހާތަނަށް 2022 ވަނަ އަހަރުން 216 ގަޑިއިރު އިރު ނުވަތަ 777,600 ސިކުންތު ހިނގައި ދިޔައިރު ވެސް ފުލުހުންގެ ފަރާތުން މި ގަތުލުގެ މާ ބޮޑު ތަފުސީލުތަކެއް ހާމަކޮށްދީފައެއް ނެތެވެ.

ޕްރެސް އެއް ދިން ނަމަވެސް މަރުގެ ހަގީގަތް ދެނެ ގަތުމަށް ޕޯސްޓްމޯޓެމް ހަދަން ނިންމުމާއި އެ ދެ މީހުންނަކިީ ކައިވެނި ކޮށްގެން އުޅޭ ބައެއް ނޫން ކަމާއި ގާތިލު މަސްތުވެގެން ހުރި ކަމާއި ބޭނުން ކުރި ހަތިޔާރެއް ހޯދިއްޖެ ކަމަށް ބުނެލުން ފިޔަވައި ފުލުހުންގެ ފަރާތުން ލިބުނު އާ މައުލޫމާތަކީ ޝިއާއުގެ ޕޯސްޓްމޯޓަމް އިންޑިއާގައި ހަދައި ހަށިގަނޑު ރާއްޖެ ގެނެސް އޮޓޮޕްސީއަކަށް އިންތިޒާރު ކުރާ ވާހަކަ އެވެ.

މިހާރު ނޫސްވެރިން ބުނެދޭ ގޮތުންނަމަ ޝިއާއުގެ ޖަނާޒާއެއް މިއަދު އުފަން ރަށް ފުވައްމުލުގައި ބާއްވާނެ އެވެ. އަދި އެ ޖަނާޒާއަށް ހަށީގަނޑު މިއަދު އެރަށަށް ގެންދާނެ އެވެ. އަދި މީޑިއާ ރިޕޯޓްތަކަށް ބަލާއިރު މި މައްސަލާގައި ފުލުހުން ވަނީ ވަރަށް ބޮޑެތި ކުރިއރުން ހޯދާފަ އެވެ.

މިފަދަ ގިނަ އެހެން މައްސަލަތަކުގައި ނުވަ ދުވަސް ވެގެން ދާއިރު ފުލުހުން ގިނަ ލީޑްތަކެއް ހޯދުމާއެކު މީޑިއާއަށް ގިނަ މައުލޫމާތު ތަކެއް ވެސް ދެ އެވެ. ނަމަވެސް ޝާހިލް އޭނާގެ ލޯބިވެރޔާ މަރާލި، ހާދިސާގެ މައުލޫމާތު ހޯދައި ދިނުން މިފަހަރު ދޫވެފައި ވަނީ މީޑިއާށެވެ. މިހާތަނަށް އާއިރު ފުލުުހުން ހަމައެކަނި ހަވާލު ވެގެން އުޅެނީ ޝިއާއުގެ ހަށިގަނޑާއި ޕޯސްޓްމޯޓަމް، އޮޓަޕްސީއާ އެވެ. މި ގަތުލުގެ އެކްޓަސް ރެއަސް އާއި މެންސް ރިއާ ގެ ވާހަކަ ކިޔައި ދެނީ މުޅީން ނޫސްތަކުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.