ރެޑްވޭވްގެ ހިލޭ ކޮތަޅު އެތެރެ ކުރަން އަހަރަކު 9.6 މިލިއަން ރުފިޔާ ހޭދަ ކުރެ އެވެ. ރެޑްވޭވުން އަބަދުވެސް މިފަދަ ތަފާތެއް ގެންގުޅެ އެވެ.
ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގާ ވާހަކަ ދައްކަން ފެށުމާއެކު ރާއްޖޭގެ ބޮޑެތި ބައެއް ފިހާރަތަކުން ކަރުދާސް ކޮތަޅަށް ވެސް ފައިސާ ނަަގަން ފަށައިގަތެވެ. އެގޮތަށް ވިއްކަން ވެސް ފެށި އެވެ. އެކަމަކު ރެޑްވޭވުން ހެދި އެހެނެއް ނޫނެވެ. ވަރުގަދަ ފޮތި ކޮތަޅެއް ރާއްޖެ ގެނެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް އެ ކޮތަޅު ހިލޭ ދޭން ފެށީ އެވެ. ޕްރިންޓް ކޮށްފައިވާ އެ ކޮތަޅަށް އެކަނި އެ ކުންފުނިން މަހަކު އަށް ލައްކަ ރުފިޔާގެ ހޭދައެއް ކުރެ އެވެ. އަދި ފަހުން ސަރުކާރުން ކޮތަޅު ޓެކްސް ނަގަން ފެށުމުން އެ ކުންފުނީގެ އެ ކޮތަޅުން އެއް ރުފިޔާ ނަގަން ވެސް ފެށި އެވެ.
ނަމަވެސް ކަސްޓަމަރުންގެ އެދުމުގެ މަތިން ރާއްޖޭގެ އެންމެ އަގުހެޔޮ ފިހާރަ އަދި "މި" ނޫހުގެ "ޓޮޕްޓެން ގްރޯސަރީ ފިހާރަ" އިގެ އެއްވަނައިގައި އޮތް ރެޑްވޭވުން ކޮތަޅުގެ ޑިމާންޑް ކިތަންމެ މަތިވި ނަމަވެސް ހިލޭ ކޮތަޅުޔ ދޭގޮތަށް ވަނީ ނިންމާފަ އެވެ.
"ރެޑްވޭވުން މިދޭ ކޮތަޅަކީ ޕްރިންޓިން އަށް ވެސް ބޮޑު ހޭދައެއް ކުރާ އެއްޗެއް. އަދި ވަރުގަދަވެސް ވާނެ. މިހާރު ކަސްޓަމަރުންނަށް ހިލޭ މިކޮތަޅު ލިބުމަކީ ލިބިގެންދާނެ އިތުރު ފަސޭހައެއް،" ރެޑްވޭވް މެނޭޖަރު އަލީ ޝަހީމް "މި" ނޫހަށް ވިދާޅުވި އެވެ.
"ރެޑްވޭވުން ދޭ ކޮތަޅަކީ ޕްރިންޓިން އަށް ވެސް ބޮޑު ހޭދައެއް ކުރާ އެއްޗެއް. އަނެއްކާ ވަރުގަދަ ވާނެ. މިހާރު ކަސްޓަމަރުންނަށް ހިލޭ މިކޮތަޅު ލިބުމަކީ ލިބިގެންދާނެ އިތުރު ފަސޭހައެއް،" ރެޑްވޭވް މެނޭޖަރު އަލީ ޝަހީމް "މި" ނޫހަށް ވިދާޅުވި އެވެ.
ރެޑްވޭވުން މި ކޮތަޅަށް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 9.6 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހެ އެވެ. ނަމަވެސް އެ ކުންފުނިން ވަނީ މިވަގުތު ކަސްޓަމަރުނަށް ލުއިދީ ޕްލާސްޓިކާ ދުރަށް ދާން ހިތްވަރުދޭން ކުންފުނީގެ ވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ އިރުޝާދުގެ ދަށުން ދަށުން ހިލޭ ކޮތަޅު ދޭން ނިންމާފަ އެވެ.
މެނޭޖަރު އަލީ ވިދާޅުވި ގޮތުގައި އެ ކުންފުނިން ކޮތަޅު ހިލޭ ދޭއިރު ކަސްޓަމަރުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮތަޅު ގިނަ ދުވަހު ބޭނުން ކުރަން ދޭ އިރުޝާދެކެވެ.
"މިއީ ރީޔޫސަބަލް ކޮތަޅެއް. އެހެންވެ މި ވީހާވެސް ގިނަ ދުވަހު ބޭނުން ކުރުން ކަސްޓަމަރުންގެ ކިބައިން އެދެނީ،" އަލީ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވި ކޮތަޅު ހިލޭ ދޭން ފެށުމުން ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުހީބު ވެސް ރެޑްވޭވަށް އިތުރުވެފައިވާ ކަމަށެވެ.
މޮޅު ވާހަކަނުދައްކާ ކޮތަޅަށް އެއްރުފިޔާ ނަގާވާހަކަ ބުނީމަ ކައުންޓަރުގަ އިން ކުއްޖާކައިރީ ތީ ޕްލާސްޱިކެއް ނޫނެއް ނޫންހޭ ބުނީމަ ބުނީ އެކަމްވެސް މިކޮޅުގަ ބުނެލާފަ އޯ އޮތީ... ދެން ކޯޖެކޭ ތި ކިޔަނީ