ކޮތަޅުން ޓެކްސް ނަގަން ފަށައިފި، ނުނެގޭނެ ހާލަތްތަކަކީ ކޮބާ؟

ކޮތަޅުން ޓެކުސް ނެގިނަމަވެސް ބަންދު ނުކޮށް ހުންނަ ތާޒާ މަސް އެޅުމަށް ދޭ ކޮތަޅާއި ބަންދު ނުކޮށް ހުންނަ ކާޑުގެ ބާވަތް އަޅާފައިދޢ ކޮތަޅުން ދެ ރުފިޔާގެ ޓެކުހެއް ނުނަގާނެ އެވެ.

ފިހާރައަކުން ވިޔަފާރިކޮށްގެން މީހަކު ނުކުންނަނީ: ކޮތަޅުން ދެ ރުފިޔާގެ ޓެކުހެއް ނަގަން ވަނީ ފަށާފަ -- ޕީއެސްއެމް
  •  ދެ ރުފިޔާ ނުނެގޭނެ އާއްމު ދެ ހާލަތް
  •  ތާޒާ މަސް އަޅަން ދޭ ކޮތަޅުން
  •  ބަންދު ނުކުރާ ކާޑުގެ ބާވަތް އަޅާފައިދޭ ކޮތަޅު

ރާއްޖޭގެ ފިހާރަ ތަކުން ތަކެތި ގަތުމުން ދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކުހެއް ނަގަން މިއަދުން ފެށިއިރު ނުނެގޭނެ ހާލަތްތަކެއް ވެސް އެވެ. އެ ހާލަތް ތަކަކީ ކޮބައި ހެއްޔެވެ؟ 

ކުނި މެނޭޖުކުރުމާ ބެހޭ ބިލުގެ ނަމުގައި ގާނޫނެއް ހަދައި އަލަށް ނަގަން ފެށި މި ޓެކްސް ނުވަތަ ފީއާއެކު ޕްލާސްޓިކް ކޮތަޅަށް ލާފައި ތަކެތި ވިއްކާ ނަމަ، ކަސްޓަމަރުންގެ އަތުން ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ނަގަން ނަގަން މުދާ ވިއްކާ ފަރާތްތަކަށް ލާޒިމްވާނެ އެވެ. 

ކޮތަޅު ޓެކްސް ރޭ 12:00 އިން ފެށިގެން ނަގަން ފެށުމާއެކުކަސްޓަމަރަށް ދޭ ރަސީދުގައި ކަސްޓަމަރުގެ އަތުން ޕްލާސްޓިކް ކޮތަޅަށް ނެގި އަގު ހިމަނާފައި އިންނަން ޖެހޭނެ އެވެ. ކޮތަޅުން ޓެކްސް ނެގި ނަމަވެސް ޕްލާސްޓިކް ކޮތަޅު ހިލޭ ލިބޭ ހާލަތްތަކެއް ވެސް ވެ އެވެ. އަދި މި ޓެކްސް ނުނަގައި ޕްލާސްޓިކް ކޮތަޅު ދީފިނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާވެސް ކުރާނެ އެވެ. 

ކޮތަޅު ޓެކްސް ނުނެގޭނެ ހިލޭ ދޭނެ ހާލަތްތައް

  •  ޑިއުޓީ ފްރީ ފިހާރަ ތަކުން ކުރާ ވިޔަފާރިން
  •  ބަންދު ނުކޮށް ހުންނަ ތާޒާ މަސް އަޅާފައިދޭ ކޮތަޅު
  •  ބަންދު ނުކޮށް ހުންނަ ހަނޑޫ ، ހަކުރު އަދި ފުށް އަޅަން ބޭނުން ކުރާ ކޮތަޅު
  •  50 އަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިއެއް
  •  ކުނި މެނޭޖުކުރާ ފަރާތްތަކަށް ވިއްކާ ކަޅު ކޮތަޅު
ކޮތަޅު ޓެކްސް ބަޔާން - ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފަށާފައިވާއިރު ޓެކުހުގެ ގޮތުގައި ނަގާ އަދަދު ބަޔާންކޮށް ބަޔާން ހުށަހަޅަން ޖެހޭނީ ޖީއެސްޓީ ބަޔާން ހުށަހަޅާއިރު އެއްކޮށް ކަމަށް މީރާއިން ވަނީ ހަމަޖައްސާފަ އެވެ. ޖީއެސްޓީ އަށް ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދުގައިވާ ގޮތުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ދެއްކުމުގައި ހުށަހަޅާ ލިޔެކިޔުންތަކުގައި ހުންނަން ޖެހޭނެ ކަންކަން ވެސް އެ މި ގަވާދުގައި ބަޔާންކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.