އަލިފުއްޓަކީ މި ސަރުކާރުން ބޮޑެތި މަޝްރޫއުތަކެއް ހިންގަން ރާވައި އިއުލާނު ކޮށްފައިވާ ރަށެކެވެ. އެ ރަށުގައި ބިން ހިއްކުމާއި އެއާޕޯޓް ހެދުމުގެ މަޝްރޫއެއް މިހާރު ވެސް ކުރިއަށް ދެއެވެ.
ރ. އަލިފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލު ކުރުމުން ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވައިފި އެވެ.
ޑިޒަިއން އެންޑް ބިލްޑް އުސޫލުން ޕްލޭނިން މިނިސްޓްރީން އަލިފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 540 ދުވަހުގެ ތެރޭ ނިންމާށެވެ. އެ މަޝްރުއޫގެ އަގަކީ 90.9 މިލިއަން ރުފިޔާ އެވެ. މައިގަނޑު މަސައްކަތްތަކަކީ 3.8 ކިލޯމީޓަރު މަގުގައި ތާރު އެޅުމާއެކު މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކޮށް މަގުބައްތި ޖަހައި ދިނުމެވެ.
އެ ޕްރޮޖެކްޓާ ގުޅުވާލައްވައި އެމްޑީޕީގައި އޮތް ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ ވައްޑޭ ވިދާޅުވީ އާރްޑީސީއާ ޕްރޮޖެކްޓެއް ސަރުކާރުން ހަވާލު ކުރީ އަލިފުށީގެ މަގުތައް ހަދަން ނޫން ކަމަށެވެ. އަލިފުށީގެ ޕްރޮޖެކްޓެއް ހަވާލު ކުރީ އަންނަ ރިޔާސީ އިންތިހާބަށް ކެމްޕޭނު މަސައްކަތް ކުރާނެ މުސާރަވެރި ފަސްދޮޅަހަކަށް މީހުން ކުއްޔަށް ނަގަން ކަމަށެވެ.
އޭނާ އަދި ވިދާޅުވި ގޮތުގައި އާރްޑީސީގެ މަސައްކަތްތަކީ ކެމްޕޭން ކުރާނެ މީހުން ކުއްޔަށް ހޯދުމެވެ. އެހެން ނޫންނަމަ މިދިއަ ހަތަރުގެ ތެރޭގައި އެންމެ ރަށެއްގެ މަގުތައް ނަމަވެސް އާރްޑީސީއަށް ނިންމުނީސް ކަމަށެވެ.
އަލިފުއްޓަކީ މި ސަރުކާރުން ބޮޑެތި މަޝްރޫއުތަކެއް ހިންގަން ރާވައި އިއުލާނު ކޮށްފައިވާ ރަށެކެވެ. އެ ރަށުގައި ބިން ހިއްކުމާއި އެއާޕޯޓް ހެދުމުގެ މަޝްރޫއެއް މިހާރު ވެސް ކުރިއަށް ދެއެވެ.