ސްކޭމް ކޯލްތައް: ފަސް ދުވަހުން ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިޖެ

ޕީއެސްއެމް ސްކޭމްގެ މައްސަލަ ސަމާލުކަމަށް ގެންނަމުން ބޭންކް އިން ބުނީ ބޮޑު އަދަދުން ފައިސާ ގެއްލިފައިވަނީ ގުޅައިގެން އިންޓަނެޓް ބޭންކިންގެ ޕާސްވޯޑް ހޯދައިގެންނެވެ.

ޕީއެސްއެމްގެ ނަމުގައި ބޮޑު ސްކޭމެއް ވަނީ ހިންގާފަ؛ މި ފައިސާތައް ހޯދީ ގުޅައިގެން އިންޓަނެޓް ބޭންކިންގެ ޕާސްވޯޑް ހޯދައިގެން -- މިހާރު ނޫސް

ސްކޭމް ކޯލްތަކުގައި ފައިސާ ގެއްލުމަކީ އާ ކަމެއް ނޫނެވެ؛ ސްކޭމްގެ ގޮތުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ ސިލްސިލާގައި ޕީއެސްއެމްގެ ނަމުގައި ފޯނު ކޯލްތަކެއް ކޮށްގެން 125،000 އަށްވުރެ ގިނަ ރުފިޔާ މިދިއަ ފަސް ދުވަހުގެ ތެރޭގައި ގެއްލިފައި ވެއެވެ. 

ބޭންކް އޮފް މޯލްޑިވްސް އިން ބުނި ގޮތުގައި މި ދުވަސްވަރު ޕީއެސްއެމްގެ ނަމުގައި ފޯނުކޮށް އަދި ލިންކުލާފައި ހުންނަ އެސްއެމްއެސް މެދުވެރިކޮށް މަކަރާއި ހީލަތުން އޮޅުވާލައި އިންޓަނެޓް ބޭންކިން މައުލޫމާތު ހޯދަން ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. މިފަދަ ބައެއް ކޯލްތަކުގައި އެދޭ މައުލޫމާތު ދީގެނާއި އޯޓީޕީ ދީގެން ބައެއް މީހުންގެ އަތުން ފައިސާ ގެއްލި އެ ޝަކުވާ ބޭންކަށް ހުށަހެޅިފައިވެ އެވެ. 

ފަސް ދުވަހުން 125،000ރ. ގެއްލިއްޖެ

މިދިޔަ ފަސް ދުވަސްތެރޭ ދެ މީހެއްގެ އަތުން މި ގޮތަށް 50،000ރ. އާއި 75،000ރ. ގެއްލިގެން ބޭންކްއަށް ވަނީ ޝަކުވާ އުފުލާފަ އެވެ. 

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި މައްސަލަތަކަށް ބަލާއިރު އޮޅުވާލައި ފޯނުކޮށްގެން ވަރަށް ގަބޫލު ކުރެވޭ ވާހަކަދައްކާ ކަމަށެވެ.

"އެއަށްފަހު އެސްއެމްއެސް މެދުވެރިކޮށް ލިންކު ފޮނުވައިގެން އިންޓަނެޓް ބޭންކިންގެ ޔޫސާ ނަމާއި ޕާސްވޯޑް ހޯދާ. އަދި ކަސްޓަމަރުންގެ އީމެއިލް އެޑްރެހާއި ފޯނަށް އަންނަ އޯޓީޕީ ވެސް ކަސްޓަމަރާއި ވާހަކަ ދައްކައިގެން ހޯދާފައި އެބަހުރި،" ސައީދު ވިދާޅުވި އެވެ. "އެހެންކަމުން ބޮޑު އިނާމެއް ނުވަތަ ހަދިޔާއެއް ލިބުނު ކަމަށް ބުނެ މިހެންކުރާ ކޯލްތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރަން. އަދި ބޭންކަށް ވެސް އަދި އެހެން އިދާރާއަކަށް ވެސް އެއްވެސް ހާލަތެއްގައި އޯޓީޕީ ދޭން ނުޖެހޭނެ ކަމަށް ދަންނަވަން،" 

އޮންލައިން ޕޭޖްތަކުން ވިޔަފާރި ކޮށްގެން ފައިސާ ދެއްކުމަށްފަހު މުދާ އަދި އަނބުރާ ފައިސާ ވެސް ނުލިބޭ ކަމުގެ ޝަކުވާ އާއި ކާކުކަން ނޭނގޭ ފަރާތްތަކާއެކު ޑޮލަރުގެ މުއާމަލާތް ކޮށްގެން ފައިސާ ނުލިބިގެން އެ ޝަކުވާ ވެސް ބޭންކަށް ހުށަހަޅާފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.