ނާޒިމް ސައްތާރުގެ ބަންދަށް އިތުރު ހަތް ދުވަސް

ރާއްޖޭގެ ހައި ޕްރޮފައިލް ސިޔާސީ މީހުނާއި ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންނާއި ރިސޯޓް މުވައްޒަފުންނާއި ބައެއް ނޫސްވެރިންނާއެކު ވަކި ވަކީން އެއް އެނދެއްގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް އާންމު އިއުތިރާފެއް ވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިވެސް ވަނީ ހައްޔަރުކޮށްފައެވެ.

ނާޒިމް ސައްތާރު -- ފޮޓޯ: މިހާރު

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ތަހުގީގަށް ހައްޔަރުކޮށްފައިވާ ގ. ކެނެރީގެ ނާޒިމް ސައްތާރުގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ނާޒިމްގެ ބަންދަށް އެންމެ ފަހުން ދިން މުއްދަތު މިއަދު ހަމަވާތީ އޭނާގެ ބަންދަށް ގޮތް ނިންމަން ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ. ކޯޓުން ވަނީ ތަހުގީގަށް ބަންދުގައި ބެހެއްޓުމުގެ އަމުރު އިތުރުކޮށްދީފައެވެ. އެ ގޮތުން އިތުރު ހަތް ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.

ބަންގާޅުގެ ޒުވާން ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވި މައްސަލާގައި ނާޒިމް ހައްޔަރު ކުރަން ކޯޓް އަމުރެއް ހޯދިކަން އެނގި އޭނާ ވަނީ ފުރައިގެން އއ އަތޮޅުގައި ހިންގާ ރިސޯޓަކަށް ގޮސްފައެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ އެ ރިސޯޓުންނެވެ. އެހެން ކަމުން އޭނާގެ ބަންދަށް މުއްދަތު ޖަހަން ފުރަަތަމަ ގެންދިޔައީ އއ ރަސްދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އޭނާ ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ. މިއަދު ބަންދަށް މުއްދަތު ޖަހަން ހާޒިރު ކުރީ ކްރިމިނަލް ކޯޓަށެވެ.

ރާއްޖޭގެ ހައި ޕްރޮފައިލް ސިޔާސީ މީހުނާއި ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންނާއި ރިސޯޓް މުވައްޒަފުންނާއި ބައެއް ނޫސްވެރިންނާއެކު ވަކި ވަކީން އެއް އެނދެއްގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް އާންމު އިއުތިރާފެއް ވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިވެސް ވަނީ ހައްޔަރުކޮށްފައެވެ. އަލަމްގިރިއާއެކު އެއް ޖިންސުން ޖިންސީ ގުޅުމެއް ހިންގި ކަމަށް ދެން ތުހުމަތު ވެފައިވަނީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެކެވެ. އަދި ހޯމް މިނިސްޓްރީގެ މުވައްޒިފަކާއި އިމާދުއްދީން ސުކޫލުގެ ޓީޗަރެވެ. އެ މީހުންގެ ތެރެއިން ނަޝީދު އާއި ފުލުސް މީހާ ވަނީ ހައްޔަރު ކޮށްފައެވެ. އަނެއް ދެ މީހުން އަދި ބަންދެއް ނުކުރެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.