ޖޭޕީގެ މެންބަރު އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރައްވައިފި

އަލީ ހަމީދު، އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެ ޕާޓީގެ ޕީޖީ ގުރޫޕްގެ މެންބަރުންގެ އަދަދު ވަނީ 67 އަށް އަރާފައެވެ.

ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހަމީދު އެމްޑީޕީއަށް ސޮއި ކުރެއްވުން

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު، އެ ޕާޓީ ދޫކޮށްލައްވާ ވެރިކަން ކުރާ އެމްޑީޕީއަށް މިއަދު ސޮއި ކުރައްވައިފި އެވެ.

އަލީ ހަމީދު، ޖުމްހޫރީ ޕާޓީއަށް ސޮއިިކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލިއާގޭގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ. އަލީ ހަމީދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ / އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ޗެއާޕާސަން / އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް އާއި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އާއި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ.

އަލީ ހަމީދު، އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެ ޕާޓީގެ ޕީޖީ ގުރޫޕްގެ މެންބަރުންގެ އަދަދު ވަނީ 67 އަށް އަރާފައެވެ. އަދި އޭނާ ކުރީން ނިސްބަތްވި ޖުމްހޫރީ ޕާޓީގެ މެންބަރުންގެ އަދަދު ދެއަކަށް ދަށްވީ އެވެ. ޖުމްހޫރީ ޕާޓީގައި މިހާރު ތިއްބެވީ އެ ޕާޓީގެ ލީޑަރު / މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނެވެ.

ޖުމްހޫރީ ޕާޓީގެ މެންބަރަކު އެމްޑީޕީއާ ގުޅިވަޑައިގެންފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކޮށް ދިނުމުގެ މަސައްކަތުގައި ބައިވެރިވުމަށް އެމަނިކުފާނު ދެއްވެވި ދައުވަތު ގަބޫލުނުކޮށް އެ ޕާޓީން ވަކީން ކެންޑިޑޭޓަކު ނެރެން ނިންމާ ރިޔާސީ ރޭހަށް ގާސިމް އިބްރާހިމް ނިކުންނަވާފައި ވަނިކޮށެވެ.

ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހަމީދު: އޭނާ މިހާރު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައި

ގާސިމްގެ މި ނިންމެވުމާއެކު ޖުމްހޫރީ ޕާޓީން ފުރުސަތު ދީގެން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުން ގެންދަވަނީ މަގާމުގައި ދެމި ހުންނެވުމަށް ނިންމާ ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުންނެވެ. އަދި އެ ބޭފުޅުން ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ.

ޖޭޕީއަށް ނިސްބަތްވާ ބައެއް ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުން އަދި ނާއިބުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން އަދި ގޮތެއް ނުނިންމަވައެވެ.

އަލީ ހަމީދަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގެންނެވި ނަމަވެސް އެ ޕާޓީގެ ހަރަކާތްތަކުގައި އާންމުކޮށް ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އިސްދޫ ދާއިރާއަށް ހޮވިވަޑައިގެން ފަހުން ދާއިރާއަށް ވަޑައިނުގަތުމާއި ދާއިރާގެ ރައްޔިތުންނާއި ގުޅުން ބޭއްވެވުން ކުޑަ ކަމުގެ ޝަކުވާ ބޮޑެވެ. 

އެމްޑީޕީގެ ޕީޖީ ގުރޫޕަށް އިތުރު މެންބަރެއް - އެމްޑީޕީގެ ޕީޖީ ގުރޫޕަށް އިތުރު މެންބަރެއް ގުޅިވަޑައިގެންނެވި ނަމަވެސް ޕީޖީ ގުރޫޕްގައި ވެސް އެމްޑީޕީގައި އޮތް ބައިބައިވުން އެބަ އޮތެވެ. ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތަށް ނިސްބަތްވާ މެންބަރުން ޕީޖީ ގުރޫޕްގައިވެސް ހިމެނެއެވެ. ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތުން 12 މެންބަރަކު އެ ހަރަކާތަށް ނިސްބަތް ވެއެވެ.
  • 1.މުހައްމަދު ނަޝީދު - މައްޗަންގޮޅީ މެދު ދާއިރާ
  • 2.އަލީ އާޒިމް - މެދު ހެންވޭރު ދާއިރާ
  • 3.ހަސަން ލަތީފް - ހެންވޭރު ހުޅަނގު ދާއިރާ
  • 4.އީވާ އަބްދުﷲ - ގަލޮޅު އުތުރު ދާއިރާ
  • 5.އިބްރާހިމް ރަޝީދު - މާފަންނު މެދު ދާއިރާ
  • 6.އިމްތިޔާޒް ފަހްމީ - މާފަންނު އުތުރު ދާއިރާ
  • 7.މުހައްމަދު ރަޝީދު - މައްޗަންގޮޅީ އުތުރު ދާއިރާ
  • 8.ޔާސިރު އަބްދުލްލަތީފް - ކުޅުދުއްފުށީ އުތުރު ދާއިރާ
  • 9.އިލްޔާސް ލަބީބް - ހުޅުދޫ ދާއިރާ
  • 10.ހަސަން އަފީފް - ވިލުފުށީ ދާއިރާ
  • 11.އަހްމަދު ރަޝީދު - ހިތަދޫ ދެކުނު ދާއިރާ
  • 12.މުހައްމަދު ވަހީދު - އުނގޫފާރު ދާއިރާ

ކޮމެންޓް

3
450
ނައީމް
1 year ago

ތިޔައީ އަހަރެމެންނަށް އެޅުނު އެންމެ ބޮޑު ޅަ އެތި. ގާސިމް ވިދާޅުވެގެން ވޯޓް ދީގެން ހޮވީ. އޭގެ ފަހުން އަދި މި ރަށަށް ނާދޭ. އިސްދޫ އެއީ އޮންނަ ތަނެއް ކަމެއްވެސް މީނާއަށް ނޭންގޭނެ. ހަމަ ޔަގީނުންވެސް އިސްދޫ އިން އިބޫއަށް ލިބެން އޮތް ވޯޓް މަދުވާނެ. އެއީ މުޖައްރިބު ކަމެއް

ރަޝީދުބެ
1 year ago

ދެން ބުނޭ މީނަވެސް ވަޒީފާ ގެއްލިދާނެތީ ވަޒީފާގައި ހުންނަން ވެގެންނެވެ. ވާގޮތަކީ އެއްޗެއް އެނގޭ ކޮންމެ މީހަކަށްވެސް އިލްހާމުމެން އަމިއްލަ އެދުމުގައި ގާސިމް ލައްވާ ގޯސް ހައްދުވަނީކަން އެބައެގެއެވެ. މި ގައުމުގައި ތިބި މީހުނެއް ގައުމުގެ ހުރިހާ ވިޔަފާރިއެއްގައި ވިލާ އަޅުވާކަށެއް ބޭނުމެއް ނުވެއެވެ.

އިސްދޫ ރައްޔިތެއް
1 year ago

ބަލަ އޭނާ އެ ދިޔައީ ހަމަ ވަޒީފާގެ ދަހިވެތި ކަމުގައި. އެއީ އަލުން މަޖިލީހުގެ ގޮޑި ހޯދުމަށް އުންމީދުގައި. މިހާރު އެ ހުރި ވަޒީފާ ދަމަހައްޓަން ވެގެން. މީނާއަކީ ގާސިމް ކޮން ފަދަ މަސައްކަތް ކޮށްގެން ހޮވި މީހެއް. ރ އަތޮޅު މީހެއް، ސިޔާސީ ކަމެއްގައި އުޅުނު މީހެއް ނޫން، މީހަކު ދަންނަ މީހެއް ނޫން. ގައުމަށް ހިދުމަތެއް ކޮށް ދިން މީހެއް ނޫން. މީނަ ލ އަތޮޅުން ހޮވޭނެ ގޮތެއް ބުނެބަލަ. އެއީ ގާސިމަށް އޮތް ތާއީދު. އޭނާ އެދިގެން ވޯޓް ދިނީ. ވޯޓް ދިން މީހުން މި ބުނަނީ މިހެން. މީނައަށް ދެން ކޮންމެ ޕާޓީއަކުން ޓިކެޓް ދިނަސް މި ދާއިރާއަކުން ނުހޮވޭނެ. އިންޝާﷲ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.