ޓޮޕް 10

ޓޮޕްޓެން: ރާއްޖޭގައި އެންމެ ހިނގާ ހިކި ކިރު

ރާއްޖޭގެ އެންމެ ހިނގާ ހިކި ކިރުގެ 10 ބްރޭންޑެއް ވެސް އުޅޭނެ އެވެ. އެއަށް ބާލައި ހޯދި މި ލިސްޓް ތަރުތީބު ކޮށްފައި ވަނީ "މި" ނޫހުން ބެލުމުން އެނގުނު ކަންކަމާއި މަގުބޫލު ބަލައިގެނެވެ.

އެހެން ގައުމުތައްވެސް ފަދައިން ކިރުގެ ވިޔަފާރިއަކީ ރާއްޖޭގައި ވެސް ވަރަށް ވާދަވެރި ބާވަތެކެވެ. ބާޒާރުގައި ހިކި ކިރާއި ދިޔައި ކިރުވެސް ބާރަށް ހިނގައެވެ. ހިކި ކިރުގެ ބާވަތްތުގެ ބްރޭންޑްތަކާއެކު ދިވެހިން ގިނަ އަހަރުތަކަކަށް އުޅެ އެވެ. މިހާރު ރާއްޖޭގެ ބާޒާރުގައިގެސް ހިނގާ ބައިވަރު ހިކި ކިރު ހުރެ އެވެ. ހިކު ކިރުގެ ޓޮޕްޓެންއަކީ މިއީ އެވެ.  


1
ރެޑްވޭވްގެ މަޖާން

މަޝްހޫރު ރިޓެއިލް ވިޔަފާރި "ރެޑްވޭވް" ކުންފުނި ރާއްޖެ އެތެރެކޮށް ވިއްކަމުން ގެންދާ "މަޖާން" މިލްކް ޕައުޑަރު ނުވަތަ ހިކި ކިރަނީ ނިއުޒިލޭންޑުގެ އުފެއްދުމެކެވެ. މި ބަންދު ކުރަނީ ޔޫއޭއީގެ މަޖަލް ފުޑް އިންޑަސްޓްރީގަ އެވެ. 

މި ޕްރީމިއަމް ކޮލިޓީގެ ހިކި ކިރުގެ ރޭންޖަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަ ސިފަތަކަކާއެކު އުފައްދާފައިވާ އެއްޗެކެވެ. އުފެއްދުމުގެ ފެންވަރު ކަށަވަރު ކުރަން ހަރުކަށި މިންގަނޑުތަކެއް ވެސް ގާއިމްކޮށްފައި ވެއެވެ. "މަޖާން" ޕްރީމިއަމް ކިރު ޕައުޑަރަކީ ތާޒާ އަދި މާއްދާތައް ގިނަ ތާޒާ ކިރުން އުފައްދާ ހާއްސަކޮށް މެދުއިރުމަތީގައި ޓޮޕް ޝެލިން ބްރޭންޑެކެވެ. އަދި ރާއްޖެއަށް ބަލާނަމަ ހިކި ކިރުގެ އަގުތައް ދުނިޔޭގައި މަތިވެ ރާއްޖޭގައި ވެސް އަގުމަތި ކުރި ނަމަވެސް އަގަށް ބަދަލެއް ނުގެނެސް ހުރި އެއް ބްރޭންޑަކީ "މަޖާން" އެވެ. އެހެންވެ މިއީ އަގުގެ ގޮތުން ބެލި ނަމަވެސް މިހާރު އެންމެ އަގު ހެޔޮ އެއް ބްރޭންޑެވެ. "މި" ނޫހުގެ ޓޮޕް ޓެންގެ އެއްވަނައިގައި އޮތީ "މަޖާން" ކިރެވެ. 


2
އެސްޓީއޯގެ އަލްނޫރު

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ވިއްކާ "އަލްނޫރު" ހިކި ކިރަކީ ރާއްޖޭގައި މަގުބޫލުކަން ހޯދާފައިވާ މިލްކް ޕައުޑަރެކެވެ. 

މާލެ އާއި އަތޮޅުތަކުގެ ބާޒާރުގައި އަގުގެ ގޮތުން ބަލާނަމަ ހިކި ކުރުގެ ވައްތަރުތަކާ އަލްނޫރު އަޅާ ކިޔައިވެސް ލެވިދާނެ އެވެ. އަލްނޫރު ފުލް ކްރީމް މިލްކް ޕައުޑަރުގައި 800ގ. އިން ފެށިގެން ދެ ކިލޯއާ ހަމައަށް ވެސް ހިކި ކިރު ލިބެން އެބަހުއްޓެވެ. އެ ކުންފުނިން ދަނީ އަލްނޫރު ހިކި ކިރު ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އެ ކުންފުނީގެ އެޖެންޓުން މެދުވެރިކޮށް ފޯރުވެސް ކޮށްދެމުންނެވެ. 


3
ޔޫރޯގެ ޑަނޯ މިލްކް

ޔޫރަޕުގެ ކޮލިޓީ ގިނަ އުފެއްދުންތަކެއް ވިއްކާ ޔޫރޯ ސްޓޯރުން ވިއްކާ ފުލްކްރީމް މިލްކް ޕައުޑަރަކީ އާއްމުންގެ މެދުގައި މަގުބޫލު ހިކި ކިރެކެވެ. 

ހާއްސަކޮށް ރެސްޓޯރެންޓާއި ކެފޭ ފަދަ ވިޔަފާރިތައް ކުރާ މީހުން އެ މީހުންގެ ކިޗަންތަކުގައި ކިރު އަޅައިގެން ހަދާ ކާބޯ ތަކެތި ބާވަތްތައް އުފައްދަން ޔޫރޯގެ މި ހިކި ކިރު ވަރަށް ގިނައިން ބޭނުން ކުރެ އެވެ. ވަރަށް ހިނގަ އެވެ. 


4
އެމްއެޗްއޭގެ ނީޑޯ

މަޝްހޫރު ނެސްލޭ ކުންފުނީގެ މޮޅު މި އުފެއްދުން ރާއްޖޭގައި ވިއްކަނީ ބާޒާރުގައި ފައިހަރުކޮށްފައިވާ ދުވަސްވީ އެމްއެޗްއޭއިންނެވެ. ވިޓަމިންގެ ގިނަ ބާވަތްތަކެއް ހިމެނޭ ނީޑޯއަކީ ވެސް ދިވެހިންގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ހިކި ކިރެކެވެ. 

މި ހިކި ކިރު ވިއްކާ އެމްއެޗްއޭއިން މި އަހަރުގެ ޖެނުއަރީ މަހު މި ހިކި ކިރުގެ އަގު ވަނީ ބޮޑުތަނުން ހެޔޮވެސް ކޮށްފަ އެވެ. 


5
ހެޕީ މާކެޓުގެ އޯލްޑަން ބާގާ

އޯލްޑަންބާގޯ މިލްކް ޕައުޑާއަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ ބަޔަކު ބޭނުން ކުރާ ހިކި ކިރެކެވެ. މި ހިކި ކިރު ރާއްޖެ އެތެރެކޮށް ވިއްކަނީ ވެސް ހެޕީމާކެޓްގެ އައުޓްލެޓްތަކުގަ އެވެ. އެ ކުންފުނިން ފެށުނީއްސުރެ މި ބްރޭންޑްގެ ހިކި ޕްރޮމޯޓް ކުރަނީ ރަހަމީރު އަދި އަގު ހެޔޮ ހިކި ކިރެއްގެ ގޮތުގަ އެވެ. 


6
ސިބްކޯގެ އަލްމުދިޝް

ސިބްކޯއިން ވިއްކާ އަލްމުދިޝް ހިކި ކިރަނީ އެންމެ ފުރަތަމައިނުން ސަރުކާރުގެ އެސްޓީއޯއިން ރާއްޖެ ގެނެސް ވަރަށް ބޮޑަށް އިސްތިހާރު ކުރަމުން ދިޔަ އަދި ބާރަށް ހިނގައިގަތް ހިކި ކިރެކެވެ. ނަމަވެސް ސަރުކާރު ކުންފުނިން މި ހިކިކިރު ފަހުން ދޫކޮށްލީ އެވެ. އެ މީހުން ދޫކޮށްލުމާއެކު މިހާރު ރާއްޖޭގައި އަލްމުދިޝް ވިއްކަނީ ސިބްކޯއިންނެވެ. 


7
ޓްރޭޑް އެކްސްގެ އިންކޮލެކް

ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޓްރޭޑްއެކްސް ކުންފުނިން ވިއްކާ އިންކޮލެކް މިލްކަ ޕައުޑާއަކީ ވެސް ރަހަ މީރު ހިކި ކިރެކެވެ. އިންކޮލެކް މިލްކުގެ ތެރޭން ދިވެހިންގެ މެދުގައި މިލްކް ޕައުޑާއަށްވުރެ މަގުބޫލުކަން ބޮޑީ އިންކޮލެގެ ދިޔާ ކިރުގެ ބާވަތްތަކެވެ. 


8
މިޔާމީ ޓްރޭޑާސްގެ ލޫނާ މިލްކް

ދިވެހި ރާއްޖޭގެ ލޫނާ ފުލްކްރީމް ވިއްކާ މާކެޓް ކުރާ ކުންފުންޏަކީ މިޔާމީ ޓްރޭޑާސް އެވެ. 

ލޫނާ ކުންފުނީގެ މި އުފެއްދުމަކީ ދިވެހި އާބާދީން ބައެއްގެ މެދުގައި މިހާރު މަގުބޫލު ވެފައިުވާ މިލްކް ޕައުޑަރެކެވެ. މިބާވަތުގެ މިލްކުގައި ވެސް އެކި ސައިޒުތަކުން ލިބޭން ބާޒާރުގައި ހުރެ އެވެ. 


9
ބެސްޓް ބައިގެ މޯނީ މިލްކް

ބެސްޓް ބައި ކުންފުނިން ރާއްޖޭގައި ވިއްކަނީ އިމިކޯ ޑެއިރީ ޕްރޮޑަކްސްޓް ކުންފުނީގެ އުފެއްދުމެކެވެ. މި ހިކި ކިރު، "މޯނީ" އަކީ އާއްމުންގެ މެދުގައި އެހައި މަގުބޫލު އެއްޗަކަށް ނުވި ނަމަވެސް ރިސޯޓު މާކެޓަށް އެ ކުންފުނިން ސަޕްލައި ކޮށްދޭ އުފެއްދުމެވެ. މިއީ ވެސް އަގުގެ ގޮތުން ބަލާއިރު ރީޒަނަބަލް ޕްރައިޒެއްގައި ލިބޭ ހިކި ކިރެކެވެ. 


10
ބީއެޗްއެމްގެ ކޯސްޓް

ރާއްޖޭގެ ބާޒާރުގައި އެއް ޒަމާނެއްގައި އެންމެ ގިނަ މީހުން ބޭނުން ކުރި އެއް ހިކި ކިރަނީ ކޯސްޓް ހިކި ކިރެވެ. ނަމަވެސް އެހެން ބާވަތްތަކުގެ ހިކި ކިރު ރާއްޖޭގެ ބާޒާރަށް އައުމާއެކު ކޯސްޓުގެ ދަރަޖައަށް ވަނީ ބަދަލު އައިސްފަ އެވެ. ނިއުޒިލޭންޑުގެ މި ހިކި ކުރުގެ ފުލް ކްރީމް އާއި ހައި ކެލްސިއަމް ހިމެނޭ ހިކި ކިރުވެސް ހުރެ އެވެ. ދުނިޔޭގެ ބާޒާރުގައި ޑެއިރީ ޕްރޮޑަކްޓްތަކަށް އައި ބަދަލާއެކު ބީއެޗްއެމް ޓްރޭޑާސް އިން ވިއްކާ މި ހިކި ކިރުގެ އަގު ދާދިފަހުން ވަނީ މަތިކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.