އައްޑޫގައި މީހެއްގެ ލޮލުން އެފްރިކަން އައި ވޯމްއެއް ނަގައިފި

ފަނި ނެގުމަށްފަހު ދޭން ޖެހޭ ފަރުވާ ދެމުންދާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. އަދި އެ މީހާގެ ހާލު ރަނގަޅު ކަމަށް ވެއެވެ.

އައްޑޫ ހޮސްޕިޓަކުން މީހެއްގެ ލޮލުން އެޕްރިކަން އައި ވޯމް ނަގަނީ --

މީހެއްގެ ލޮލުގެ ތެރެއިން ވަރަށް މަދުން ނޫނީ ނުފެންނަ އެޕްރިކަން އައި ވޯމް (ލޮއިއޭސިސް) އެއް އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގައި ނަގައިފި އެވެ.

އެފްރިކަން އައި ވޯމް އަކީ ޕެރަސައިޓް ފަންޏެއް ކަމަށްވާ ލޮއަ ލޮއަ އިން ލޮލަށް ޖެހޭ އިންފެކްޝަނެކެވެ. 

އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުން ބުނި ގޮތުގައި މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. ފަނި ނަގާފައި ވަނީ ލޮލުގެ ކޮންޖަކްޓިވާ ވަރަށް ބޮޑަށް ރަތްވެ، ލޮލަށް ތަދުވާތީ ޑޮކްޓަރަކަށް ދައްކަން އައި ބިދޭސީ މީހެއްކެ ލޮލުންނެވެ.

އެމީހާގެ ލޮލުން ފަނި ނެގުމަށްފަހު ދޭން ޖެހޭ އިތުރު ފަރުވާ ދެމުންދާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އަދި އެމީހާގެ ހާލު ރަނގަޅު ކަމަށް ވެސް ބުނެފައިވެ އެވެ. 

މިއީ މިގޮތަށް މިފަދަ ކޭސްއެއް ފެނުނު ފުރަތަމަ ފަހަރު ކަމަށް ހޮސްޕިޓަލުން ފާހަގަ ކޮށްފައި ވެއެވެ. 

އެފްރިކަން އައި ވޯމް - އެފްރިކަން އައި ވޯމް ޖެހޭ ފަނި އާންމު ގޮތެއްގައި ފެންނަނީ އެފްރިކާގެ ގައުމުތަކުންނެވެ. ބަލި ޖެހެނީ ޖަންގަލިތަކުގައި އާންމުކޮށް އުޅޭ ޑިއާ ފްލައި ކިޔާ ސުއިއްޕެއް ދަތް އެޅުމުގެ ސަބަބުންނެވެ. މިއީ މަދިރި ފާޑުގެ ސުއިއްޕެކެވެ. ޑިއާ ފްލައި އިންފެކްޓް ވަނީ ބަލި ޖެހިފައިވާ މީހުންގެ ގައިން ލޭ ބުއިމުގެ ސަބަބުންނެވެ.

ޑިއާ ފްލައި އެކްޓިވް ވަނީ އާންމުކޮށް ވިއްސާރަ މޫސުމާއި ދުވާލުގެ ވަގުތުތަކުގަ އެވެ. ލޮލަށް ޖެހޭ މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ލޮލުގެ އިތުރުން މުޅި ހަށިގަނޑު ހިރުވުމާއި، ގައިގަޔާއި ހުޅުތަކުގައި ރިއްސައި ހަށިގަނޑު ލޮޑުވުން ފަދަ ކަންކަން ހިނެ އެވެ. އެފްރިކާ ހިސާބު ނޫން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިއީ ވަރަށް ނުފެންނަ ބައްޔެއް ކަމަށް ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.