ޓޫރިޒަމް މަޝްރޫއު ހިންގަން އިއުލާނުކުރީ ކޮޅުފުށީ ކައުންސިލުންނެވެ. އެކަމަށް ކުރިމަތިލުމުގެ ފަރު ތާރީހަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ.
ކުރިން މަޝްހޫރު ވިޔަފާރިވެރިޔާ އަދީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ސެކްރެޓަރީ ނޮވެލްޓީ އަލީ ހުސެއިން ގިނަ އަހަރުތަކެއް ވަންދެން ވަރުވާއަށް ލިޔުއްވައިގެން ގެން ބެލެހެއްޓި މ. ދިއްތުނޑީގައި އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއް ހިންގަން ކޮޅުފުށީ ކައުންސިލުން ރަށް ބިޑަށް ލައިފި އެވެ. -- މ. ވާރޭވިލާ، ނޮވެލްޓީ އަލީ ހުސައިން ނިސްބަތްވެ ވަޑައިގަންނަވަނީ ކޮޅުފުއްޓާ އެއްކޮށްލާފައިވާ ވާރެއާފުއްޓަށެވެ.
ރާއްޖޭގެ އެންމެ އެކަހެރިކޮށް ވަކިން އޮންނަ އެއް ރަށް ކަމަށްވާ މ. ކޮޅުއްފުޓާއި އިންވެގެެން އޮންނަ ދިއްތުނޑި އައިލެންޑުގައި އިންޓަގްރޭޑެޓް ޓޫރިޒަމް މަޝްރޫއެއް ހިންގަން ކޮޅުފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި ރަށުގައި ޓޫރިޒަމް މަޝްރޫއެއް ހިންގަން ޝައުގުވެރިވާ ފަރާތުން މި ރަށް ޓޫރިޒަމަށް ޑައިންކޮށް ތަރައްގީކޮށް ހިންގަން ޖެހެ އެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ.
ލާރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބާރު ދިނުމާ ގުޅިގެން ބައެއް ކައުންސިލްތަކުން ޓޫރިޒަމް މަޝްރޫއުތައް އިއުލާނުކޮށް ހިންގަން މަސައްކަތް ކުރަމުންގެންދެ އެވެ. ނަމަވެސް މިހާތަނަށް ކާމިޔާބުކަމާއެކު މިފަދަ މަޝްރޫއެއް ހިންގިފައި ވަނީ މަދު ފަރާތަކަށެވެ.