ބޯހިމެނުން: ރާއްޖޭގެ އާބާދީގެ 26 ޕަސެންޓް ބިދޭސީން ނަގައިފި

ދިވެހި ރާއްޖޭގައި އުޅޭ ކޮންމެ ތިން މީހަކު އެކަކީ މިހާރު ބިދޭސީ އެވެ. އަދި ސިނާއީ މަސައްކަތްތަކުގައި ގިނައިން އުޅެނީ ބިދޭސީންނެވެ. ރާއްޖޭގެ ޖުމްލަ އާބާދީ އަކީ 515,122 މީހުންވެ. އެއީ ދިވެހިންގެ 382,751 މީހުނާއި 132,371 ބިދޭސީންނެވެ.

ރަށެއްގައި ބޯހިމެނުމުގެ މައުލޫމާތު ނަގަނީ: ބޯހިމެނުން އެއްކޮށް އަދި ނުނިމޭ -- އެމްބީއެސްގެ ފޮޓޯއެއް
  •  ރިސޯޓުތަކުގައި އުޅެނީ 15,689 ދިވެހިން
  •  ބިދޭސީންގެ ނިސްބަތް އުޅެނީ 36,707

ރާއްޖޭގައި މަސައްކަތް ކުރަން ހިޖުރަކޮށްގެން ތިބި ބިދޭސީންގެ އަދަދު އިތުރުވެ، އާބާދީގެ 26 ޕަސެންޓުގެ ހިއްސާއެއް އެމީހުން ނަގައިފި އެވެ. 

މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯ (އެމްބީސީ) އިން މިދިޔަ އަހަރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުގެ ނަތީޖާ، ހަ މަހަށް ފަހު މިރޭ އިއުލާނު ކުރިއިރު މި ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ތެރެއަށް ބިދޭސީން އިތުރުވުން ވަނީ ހަލުއިވެފަ އެވެ. ނަތީޖާ ދައްކާ ގޮތުގައި: 

  •  ރާއްޖޭގެ ޖުމްލަ އާބާދީ: 515,122
  •  ދިވެހިންގެ އާބާދީ: 382,751
  •  ބިދޭސީންގެ އާބާދީ: 132,371
  •  އާބާދީގެ 26 ޕަސެންޓަކީ ބިދޭސީން
  •  ކޮންމެ ތިން މީހަކުން އެކަކީ ބިދޭސީއެއް

ބޯހިމެނުން ދައްކާ ގޮތުގައި ބިމުގެ ގޮތުން ކުޑަ ނަމަވެސް ދުނިޔޭގައި އޮތް އެންމެ ބައިބޯ ވެރިރަށް ކަމަށްވާ މާލޭގައި ޖުމުލަ 212,138 މީހުން ދިރިއުޅެ އެވެ. މީގެތެރޭގައި ހިމެނެނީ:

  •  މާލޭގައި ދިރިއުޅޭ ދިވެހިންގެ އަދަދު: 161,108
  •  ބިދޭސީންގެ އަދަދު: 51,030

ރާއްޖޭގެ ރިސޯޓުތަކުގައި ޖުމުލަ 52,396 މީހުން ދިއުޅެ އެވެ. މީގެތެރޭގައި ހިމެނޭ ދިވެހިންގެ އަދަދަކީ 15,689 އެވެ. އަދި ބިދޭސީންގެ އަދަދު 36,707 އަށް އަރަ އެވެ. އަދި ސިނާއީ ރަށްތަކުގައި ދިރިއުޅޭ ޖުމްލަ އާބާދީ 13,841 އަށް އަރާއިރު މީގެެތެރޭގައި ހިމެނެނީ 1,677 ދިވެހިންނާއި 12,164 ބިދޭސީންނެވެ.  

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުން ފުރަތަމަ ހާމަކޮށްފައިވަނީ އަސާސީ މައުލޫމާތެވެ. މީގެތެރޭގައި ހިމެނެނީ : 

  • 1.އާބާދީ - ދިވެހީންގެ އަދަދު، ބިދޭސީންގެ އަދަދު، ޖިންސާއި އުމުރުފުރާއިން
  • 2.ގޭބީސީ - ގޭބީސީގެ އަދަދު، އެވްރެޖްކޮށް ގޭބީސީއެއްގައި އުޅޭ މީހުންންގެ އަދަދު
  • 3.ބޯހިމެނުމުގެ ލިސްޓިން އިން ނެގުނު ތަންތަނުގެ އަދަދު - އިމާރާތްތައް، މީހުން ނިދާ ދިރިއުޅޭ ގެ/ ފްލެޓް/ އެޕާޓްމަންޓް/ ލޭބާ ކުއާޓާ/ މަސައްކަތް ހިނގާ ތަންތަނުގެ އަދަދު
ބޯހިމެނުގެ ތާރީހަށް ނަޒަރެއް - ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައިވަނީ މީގެ އަށް އަހަރު ކުރިން 2014 ވަނަ އަހަރު އެވެ. އޭރުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. ނަމަވެސް ސްޓެޓިކްސްގެ އެންމެ ފަހުގެ ލަފާ ކުރުމުގެ މައްޗަށް އެކުލަވާލި ތަފާސްހިސާބު ދައްކާ ގޮތުން މިއަހަރު ނިމޭއިރު 579،330 މީހުން ދިރިއުޅޭ އެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން 45 ޕަސަންޓަކީ ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގައި ދިވެހި ޒުވާނުންގެ ޕަސެންޓަކީ 47 އެވެ. ބިދޭސީ ޒުވާނުންގެ ޕަސެންޓަކީ 53 އެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ އެކަށީގެންވާ މައުލޫމާތު އެއްކުރެވެމުން ނުދެ އެވެ. ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި 200،000 ބިދޭސީން މިހާރު އުޅޭނެ އެވެ. ރާއްޖޭގައި ކުރިން ވެސް އެކި ސިފަ ސިފައިގައި ބޯހިމަނަ އެވެ. އެކަމަކު ރަސްމީ ސިފައެއްގައި ފުރަތަމަ ރާއްޖޭގައި ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގެ ތެރޭގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.