ވިސާ ނެތި އޮމާންގައި 14 ދުވަހު ތިބެވޭ ގޮތް ހަދައިފި

ކުރިން ވިސާ ނެގުމާ ނުލައި އޮމާނަށް ދަތުރުކުރުމަށް ދުރާލައި ހައްދާފައިވާ ހޮޓަލް ބުކިން އަކާއި ހެލްތު އިންޝުއަރެންސް އާއި ދެކޮޅު ޓިކެޓު އޮންނަން ޖެހެއެވެ.

އޮމާންގެ ފޮރިން މިނިސްޓަރު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު؛ ކުރީން ވިސާ ނުނަގާ އޮމާނަށް ދެވޭ ގޮތް ވަނީ ހަދާފައި

ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާއެއް ނެގުމަކާ ނުލައި އެ ގައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖަައްސައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރީން ބުނި ގޮތުގައި މި އިންތިޒާމުގެ ދަށުން މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިން އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަށް އެ ގައުމުގައި ތިބެވޭނެ އެވެ.

ކުރިން ވިސާ ނެގުމާ ނުލައި އޮމާނަށް ދަތުރުކުރުމަށް ދުރާލައި ހައްދާފައިވާ ހޮޓަލް ބުކިން އަކާއި ހެލްތު އިންޝުއަރެންސް އާއި ދެކޮޅު ޓިކެޓު އޮންނަން ޖެހެއެވެ. އަދި ޕާސްޕޯޓުގެ މުއްދަތު މަދުވެގެން ހަ މަސްދުވަސް އޮންނަން ވާނެއެވެ.

އޮމާނުން ދިވެހިންނަށް ވިސާ މައާފު ކޮށްދިނުން ދިވެހި ސަރުކާރުން ދެކެނީ ދެ ގައުމުގެ މެދުގައި އޮތް ގާތް ރަހްމަތްތެރި ގުޅުމާއި އޮމާނުން ރާއްޖެއަށް ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.