މީގެ އިތުރުން ވެސް ކައިޒީންގެ އުފަން ދުވަހާ ގުޅިގެން އާންމުންނަށް އިތުރު ސަޕްރައިޒް ކަންތައްތަކެއް ވެސް ގެނެސްދޭނެ ކަމަށްވެ އެވެ.
ރާއްޖޭގެ މަޝްހޫރު މޮޑެލް، ފާތިމަތު ޒަޔާން (ކައިޒީން) ގެ އުފަން ދުވަސް ފާހަގަކުރުމަށް މިރޭ ހަވާ އަރުވާނެ އެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ މިރޭ މާލޭގެ އުސްފަސްގަނޑު ސަރަހައްދާ ދިމާ ބޭރު ކަނޑުގެ ސަރަހައްދުގައި ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށެވެ. ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން މިރޭ ހަވާ އަރުވަނީ ވިޔަފާރި އުސޫލުން ކަމަށް ވެސް ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި މިރޭ 12:00 ގައި ހަވާ އަރުވަނީ ކައިޒީންގެ އުފަން ދުވަހާ ގުޅިގެންނެވެ. ހަ މިނެޓަށް އެ ސަރަހައްދުގައި ހަވާ އަރުވަން ވަނީ ހަމަޖެހިފަ އެވެ. ކައިޒީންގެ އުފަން ދުވަހަކީ މާދަމާ އެވެ.
މީގެ އިތުރުން ވެސް ކައިޒީންގެ އުފަން ދުވަހާ ގުޅިގެން އާންމުންނަށް އިތުރު ސަޕްރައިޒް ކަންތައްތަކެއް ވެސް ގެނެސްދޭނެ ކަމަށްވެ އެވެ.
ކައިޒީން އަކީ ކޮންމެ އަހަރަކު ވެސް ވަރަށް ކުލަ ގަދަކޮށް އުފަން ދުވަސް ފާހަގަކުރާ މީހެކެވެ. މިދިޔަ އަހަރު އޭނާގެ އުފަން ދުވަސް ފާހަގަކުރީ އިންޑިއާގައި ހުންނަ މަޝްހޫރު ތާޖު މަހަލްގަ އެވެ. އޭގެ ކުރީ އަހަރު ފާހަގަކުރީ ބުރުޖްހަލީފާގަ އެވެ.
ކައިޒީން އަކީ ރާއްޖޭގައި މޮޑެލް ކުރުމުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ ނަމެވެ.