ރާއްޖޭގެ މި ރިސޯޓް ތަރައްގީ ކުރަނީ މާލޭން ފުރައިގެން ސްޕީޑް ލޯންޗުގައި 20 މިނެޓުން ދެވޭ ރާސްތާގައި އޮންނަ ފަޅެއް ހިއްކައިގެނެވެ. ހިއްކުމަށް ފަހު މި ފަޅަށް ކިޔަނީ ނަމްމޯސް މޯލްޑިވްސް ނެދެފުއްޓެވެ.
ޔޫއޭއީގެ ޓޫރިޒަމް ބްރޭންޑް ނަމްމޯސް ހޮޓެލްސް އެންޑް ރިސޯޓުގެ ރިސޯޓެއް ރާއްޖޭގައި 2025 ވަނަ އަހަރު ހުޅުވާނެކަން އިއުލާނު ކޮށްފި އެވެ.
މާލެ އަތޮޅުގައި ހިންގާ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ އިތާފުށި ކައިރީގައި އޮންނަ ފަޅެއްގައި މި ރިސޯޓު ތަރައްގީ ކުރަނީ އިތާފުށީގެ އެއް ހިއްސާދާރު ކަމަށްވާ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު އާއި ޕާޓްނަރު ޔޫއޭއީގެ އަލްފާ ދާބީ އާއި މޮންޓެރޮކް އިންޓަނޭޝަނަލް ގުޅިގެންނެވެ.
މި ރިސޯޓު ތަރައްގީ ކުރަނީ މާލޭން ފުރައިގެން ސްޕީޑް ލޯންޗުގައި 20 މިނެޓުން ދެވޭ ރާސްތާގައި އޮންނަ ފަޅެއް ހިއްކައިގެނެވެ. މި ފަޅަށް ކިޔަނީ ނަމްމޯސް މޯލްޑިވްސް ނެދެފުއްޓެވެ.
ނަމްމޯސް ވޯލްޑްގެ ފައުންޑިން ޕާޓްނަރު ޒާނިސް ފްރެޓްޒެސްކޯސް ވިދާޅުވެފައިވާ ގޮތުގައި މިދިޔަ 10 އަހަރުގެ ތަޖުރިބާއާއެކު ބްރޭންޑް ކުރާނެ އެވެ. އަދި އަލްފާ ދާބީ އާއި މޮންޓެރޮކް އިންޓަނޭޝަނަލްއާ ގުޅިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ހިތްގައިމު ތަޖުރިބާތަކެއް ލިބޭނެ ރިސޯޓެއް ހެދޭނެ ކަމުގެ އުންމީދު އެބައޮތެވެ.