ރެޑްވޭވުން ތާޒާ ކުކުޅުގެ 1.2 ކިލޯގެ މާކުޅުޅެއް ވިއްކަނީ 138ރ، އަށް ކިލޯ އެކެވެ. މިއީ ގަނޑުނުކޮށް ހުންނަ އެހެންނަމަވެސް ފިނިކުރި ކުކުޅެވެ.
ގަނޑު ނުކޮށް / ފިނި ނުކޮށް ކަތިލާ ގޮތަށް ހަދާލާ ތާޒާ ކުކުޅު އެންމެ ގިނައިން ކެއި އެއް ބަޔަކަށް ވާނީ ކުރީގައި ސަރުކާރުގެ ވަފުދުތަކުން ރަށްރަަށަށް ދަތުރު ކުރެއްވި ބޭފުޅުންނެވެ. ރަށްރަށަށް ގެވަޅު ދޫކުރަން، މައްސަލަ ނިންމަން ޒިޔާރަތް ކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ. އެކަމަކު އެ ދެން މާކުރީގެ ވާހަކަ އެކެވެ. އޭގެ ފަހުން މިހާރު ތާޒާ ދިވެހި ކުކުޅުގެ ވާހަކަ ދައްކާލާއިރު ދިރޭ ދިވެހި ކުކުޅެއް ސަހަލު އަގެއްގައި އަތުޖެއްސުމަކީ އުނދަގޫ ބޮޑު ކަމެކެވެ. އަގުގެ ގޮތުން ބެލި ނަމަވެސް ޖީބަށް ފަސޭހަ ކަމަކަށް ނުވެ އެވެ. ނަމަވެސް މި ރޯދަ މަހު ދިވެހިންގެ ސުފުރާތަކާ ހަމައަށް ފިނި ނުކުރާ ތާޒާ ކުކުޅު ރެޑްވޭވުން މިވަނީ ހެޔޮ އަގުގައި ގެނެސްދީފަ އެވެ. މި ކުކުޅު ތާޒާކަން މަތީގައި އެ ހުރީ ރެޑްވޭވުގެ ފިހާރަތަކުގައި އަތުރާލާފަ އެވެ. ނަގައިގަންނަންވީ އެވެ.
މި ރޯދަމަހަށް ހާއްސަ ކޮށްގެން ރެޑްވޭވުން އެތެރެކުރާ ތާޒާ ކުކުޅަކީ، ސީދާ ސްރީލަންކާގެ ކުކުޅު ފާމް ތަކުން ކަތިލާގޮތަށް ގެނެސް ފިނިކޮށްފައި އެކަމަކު ގަނޑުނުކޮށް ވިއްކާ ކުކުޅެކެވެ.
ކަތިލާތާ މަދު ގަޑިއިރު ކޮޅެއްގެ ތެރޭ މާލޭގެ ރެޑްވޭވްތަކާ ހަމައަށް އެ ކުކުޅުތައް ވައިގެ މަގުން އާދެ އެވެ. ލަންކާގެ ފާމްގައި އެ ކުކުޅުތައް ކަތިލަނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް، ހަލާލު ގޮތުގައިކަން ރެޑްވޭވުން ކަށަވަރި ޔަގީންކޮށްދެ އެވެ. އެއީ ލިބޭނެ އެންމެ ބޮޑު އެއް އުފަލެވެ.
ރެޑް ވޭވުން ބުނަނީ އެ ފިހާރައިން ވިއްކާ އެހެން އުފެއްދުންތަކެކޭ އެއްފަދައިން، ތާޒާ ކުކުޅު ވެސް އަތްފޯރާފަށުގައި މިހާރު ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން، 1.2 ކިލޯ ހުންނަ ކުކުޅެއް އެ ފިހާރައިން 138ރ. އަށް ލިބެން އެބަހުއްޓެވެ. ބުނަނީ މިހާރު ހުރި ސްޓޮކް ހުސްވަންދެން ކުކުޅު ލިބޭނެ ކަމަށެވެ.
ރެޑްވޭވުން ވަނީ ފިނި ނުކުރާ ތާޒާ ކުކުޅު އެ ކުންފުނީގެ ފިހާރަތަކުން ލިބޭނެ ފަސޭހަ އިންތިޒާމު ހަމަޖައްސާފަ އެވެ. ތާޒާ ކުކުޅު ގަތުމުން ވަގުތުން ކޮށާލައި ދިނުމުގެ ހިދުމަތް ވެސް ދެ އެވެ.