މާލޭން މީހަކު ގެއްލިއްޖެ ؛ މިފަހަރު ކުޑަކުއްޖެއް ނޫން

ނާޝިދު ހޯދުމަށްޓަކައި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އަދި ފެނިފައިނުވާތީ، އޭނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓާ ހިއްސާ ކުރާށެވެ.

އަނެއްކާވެސް މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ފެނޭތޯ ހޯދަން ފަށައިފި އެވެ. ގެއްލިގެން މިއަދު ހޯދަމުންދަނީ ހ. ކޯލީފްލާވަރު، އަހުމަދު ނާޝިދު 46، އެވެ.

ފުލުހުން ބުނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ނާޝިދު ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިފޯޓް ކޮށްފައި ވަނީ މިދިއަ އާދީއްތަ ދުވަހު ކަމަށެވެ. އަދި ނާޝިދު ގެއްލިގެން ރިޕޯޓް ކުރުމާ ގުޅިގެން ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް އެ މައުލޫމާތުތައް ފުލުހުން ހިއްސާކޮށް، ހޯދުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ނާޝިދު ހޯދަން މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އަދި ފެނިފައި ނުވާތީ، އޭނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓާ ހިއްސާ ކުރަން ވެސް އެދިފައި ވެއެވެ.

މިއަދު ނާޝިދު ހޯދާން ފެށި އިރު މީގެ ތިން ދުވަސް ކުރީން 13 އަހަރުގެ ކުއްޖަކު ވިލިމާލޭން ގެއްލިގެން ހޯދަމުން ދަނިކޮށް ހުޅުމާލެއިން ފެނިފައި ވެއެވެ. އޭގެ ފަހުން އިއްުޔެ ވެސް ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުން ނުކުމެ ވަނީ ހޯދާން ފަށާފަ އެވެ. އިއްޔެއިން ފެށިގެން ހޯދަނީ 15 އަހަރުގެ ކުއްޖެކެވެ. އޭނާ ގެއްލިގެން ހޯދަނީ ވެސް މާލެތެރެއިންނެވެ. އަދިއެއް ނުފެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.