ވިހެއުމާ ގުޅިގެން ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް މުސާރައާއެކު ލިބޭ ގޮތަށް ހަމަޖައްސަވާ ރައީސް ސޯލިހް އެކަން އިއުލާނު ކުރެއްވީ އަންހެނުން ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައި މާޗް 7، 2019 އިގައެވެ.
ވިހެއުމާ ގުޅިގެން، ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ މީހުނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް މުސާރައާއެކު ލިބޭ ގޮތަށް ހަމަޖެއްސި އުސޫލުގެ ދަށުން މިދިޔަ ހަތަރު އަހަރުތެރޭ 4619 މީހަކަށް އެ ޗުއްޓީ ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރޭ ހުޅުމާލޭ އޮފީސް އެކުވެނި، އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް މުސާރައާއެކު ލިބޭ ގޮތަށް ހަމަޖައްސަވާ ރައީސް ސޯލިހް އެކަން އިއުލާނު ކުރެއްވީ އަންހެނުން ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައި މާޗް 7، 2019 އިގައެވެ.
ރައީސް ސޯލިހް ރޭ ވިދާޅުވި ގޮތުގައި ސަރުކާރުގެ ވަޒީފާ އަދާކުރާ މައިންނަށް ހަ މަސްދުވަހުގެ މެޓާނިޓީ ލީވް އަދި ބައްޕައަށް މަސް ދުވަހުގެ ޕެޓާނިޓީ ލީވް ދިނުމަށް ނިންމި ނިންމުމާ އެއްގޮތަށް މިހާތަނަށް ޖުމްލަ 4619 މީހަކަށް ޗުއްޓީ ދީފައިވާ ކަމަށެވެ.
"އަދި މަޔަކަށް ވުމަށް ފަހު ވެސް ވަޒީފާގައި ދެމި ހުރުމަށް ބާރުއެޅުމަށް ފްލެކްސި ވާކިން އަވާ އެކި އިދާރާތަކުން ހަމަޖައްސައި ދެމުން މިހާރު އެބަގެންދޭ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގައި ވާޒީފާ އަދާކުރާ މަންމައަށް މެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއެކު ހަ މަހުގެ ޗުއްޓީ އަދި ބައްޕައަށް އެއް މަސް ދުވަހުގެ ޗުއްޓީ ދިނުމަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.